ENGLISH
07 ޖުލައި 2025
ކެފޭއެއްގެ ބިއްލޫރި ރެކް ތަޅާލި މައްސަލައެއް، ފުލުހުން ތަހުޤީޤު ފަށައިފި
27 އޭޕްރީލު 2025
|
ބިއްލޫރިގަނޑު ތަޅާލި މީހާ ކެފޭތެރޭގައި
ކެފޭއެއްގެ ތެރެއަށް ވަދެ ބިއްލޫރި ރެކެއް ތަޅާލި މައްސަލައެއް، ފުލުހުން ތަހުޤީޤު ފަށައިފި އެވެ.
އެ މަންޒަރު ފެންނަ ސީސީޓީވީ ފްޓޭޖެއް ވެސް ވަނީ އާންމުވެފަ އެވެ. އެ ފްޓޭޖާއި ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ އިރަމާމަގުގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓް ފުލުހަށް ލިބިފައި ވަނީ މިއަދު ހެނދުނު 8:56 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށް ބުންޏެވެ.
ކެފޭގެ ބިއްލޫރި ރެކް ތަޅާލީ މީގެ ކުރީން މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރުކޮށް މީގެ ކުރީން ޖަލުގައި ވެސް ދުވަސްތައް ހޭދަކުރި މީހެެކެވެ.