ENGLISH
07 ޖުލައި 2025
ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތައް ރަޖިސްޓްރީވާން ހުޅުވާލައިފި، އެ ކުލާސްތަކަށް އެހީތެރިކަން ދޭނެ
27 އޭޕްރީލު 2025
|
ޤުރުއާން ހިތުދަސްކުރި ދަރިވަރަކު ތާޖާ އެކު
ރާއްޖޭގައި ހިންގާ ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވާން ހުޅުވާލައިފި އެވެ.
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން މިރޭ ބުނީ މި މަރުކަޒުގެ މޭންޑޭޓުގައި ރާއްޖޭގައި ހިންގާ ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފްތަރެއް އެކުލަވާލައި، އެ ދަފުތަރު ބެލެހެއްޓުމަކީ ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ.
އެ ދަފްތަރު އެކުލަވާލުމަށް، ކީރިތި ޤުރްއާން ހިތުދަސްކޮށްދޭ ކުލާސްތަކުން އެ މަރުކަޒުން އާންމުކޮށްފައިވާ ގޫގުލް ފޯމް ފުރުމަށް ވަނީ އެދިފަ އެވެ. އަދި 5 މެއި 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ފޯމު ފުރުމަށްފަހު ހުށަހަޅުމުން ދަފުތަރުކުރެވޭ ކުލާސްތަކަށް އެ މަރުކަޒުން ކަނޑައެޅޭ އުސޫލުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
ޤުރައާން ހިތުދަސްކުރާ ޒުވާން ޖީލެއް މިހާރު އެބައޮތް ކަމަށާ މުޅި ރާއްޖޭގައި 700 އަށްވުރެ ގިނަ ދަރިވަރުން މިހާރު ޤުރްއާން ހިތުދަސްކުރަމުން ދާކަމަށް ލަފާކުރެވޭ ކުރެވޭ ކަމަަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވި އެވެ.
"މިވަގުތު މާލެ އާއި އަތޮޅުތަކުގައި ޤުރުއާން މަރުކަޒުތަކާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދާ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޤުރްއާން ހިތުދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކަށް ހާފިޒުކަމުގެ ސަނަދު އެރުވުމަށް ޤައުމީ ފެންވަރުގައި ހާއްސަ ޖަލްސާއެއް ބާއްވަން ފެެއްޓެވީ މިނިސްޓަރު ޑރ. ޝަހީމް އެވެ. މިގޮތުން، މިދިޔަ ރަމަޟާންމަހު ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ފުރަތަމަ ޖައްސާގައި 24 ހާފިޒަކަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.