ENGLISH

07 ޖުލައި 2025

Advertisement

ނިޔަމިކަމުގެ ކޯހުގެ އާ ބެޗެއް މާލޭގައި ފަށަނީ

27 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

މީގެ ކުރިން އެމްޓީއައި އިން ބޭއްވި ކޯހެއްގެ ތެރެއިން-ފޮޓޯ:އެމްޓީއައި

ނިޔަމިކަމުގެ ކޯހުގެ އާ ބެޗެއް މާލޭގައި ފަށަން ނިންމައިފިއެވެ.

މެރިޓައިމް ޓްރެއިނިން އިންސްޓިޓިއުޓް (އެމްޓީއައި) ގެ ފަރާތުން ހިންގާ "ނިޔަމިކަމުގެ ކޯސް-2" ގެ އާބެޗު ކުރިއަށްދާނީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެމްޓީއައިގެ މާލޭ ކެމްޕަހުގައެވެ.

އެމްޓީއައިއިން މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފަވާއިރު، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅައިގެން އަދި [email protected] އަށް އީމެއިލްކޮށްގެން ކޯހަށް އެންރޯލް ކުރެވޭނެއެވެ.

މި ކޯސް ކުރިއަށްދާނީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށެވެ. ކޯހުގައި ޖުމްލަ 30 ގަޑިއިރު ކިޔަވައިދޭން ހަމަޖެހިފައިވާއިރު، މިކޯހުގެ އަގަކީ 2،500 ރުފިޔާއެވެ. ކޯހުގެ ބައިވެރިންނަކީ، އިނގިރޭސި އަދި ދިވެހިން މުއާމަލާތްކުރުމުގެ ގާބިލުކަން ހުންނަ ފަރާތަކަށްވާން ޖެހޭނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B ގެ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މިކޯހުގައި ނެވިގޭޝަން، ކޮމިއުނިކޭޝަން، އަދި އާންމު ދޯނިތަކުގެ މައުލާމާތު ހިމެނޭ ބައިތައް ކިޔަވައިދުނުމަށް ހަމަޖެހިފައި ވެއެވެ.

މެރިޓައިމް ޓްރޭނިން އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޓްރެއިނިން އިންސްޓިޓިއުޓެވެ. މި އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ތަފާތު ގިނަ ކޯސްތަކެއް ހިންގައެވެ. އޭގެތެރޭގައި، ސައިބަރ ސެކިއުރިޓީއާއި، އާޓިފިޝީއަލް އިންޓެލިޖެންސާއި، އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ކޯސްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު