ENGLISH
07 ޖުލައި 2025
"ޝޯ ޔޯ ރެޑްސް ލޯކަލް" މުބާރާތުން މޮޅުވި ދިވެހިން ލިވަރްޕޫލަށް
27 އޭޕްރީލު 2025
|
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ "ޝޯ ޔޯ ރެޑްސް ލޯކަލް" ފޮޓޯ މުބާރާތުން މޮޅުވި ނަސީބުވެރިން އިނގިރޭސީވިލާތުގެ ލިވަރްޕޫލަށް ފުރައިގެން ގޮސްފިއެވެ.
"ޝޯ ޔޯ ރެޑްސް ލޯކަލް" ފޮޓޯ މުބާރާތަކީ، އޭޕްރީލް މަހުގެ 13ވަނަ ދުވަހުން ފެށިގެން 18ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މުބާރާތެކެވެ.
މި މުބާރާތުގައި ލިވަޕޫލް އެފްސީއަށް އޮތް ލޯބި ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި ހިއްސާކުރުމަށް ސަޕޯޓަރުންނަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް، ލިވަޕޫލް ރަމްޒުކޮށްދޭ އެއްޗެއް ނުވަތަ މޭކަޕް ފޮޓޯތަކުގައި ބޭނުން ކުރެވޭނެކަމަށް ބުނި އެވެ. އަދި މީގެ އިތުރުން ހޭޝްޓެގް #showyourredslocal ބޭޭނުންކޮށްގެން ވެސް މޮޅުވެވޭނެކަމަށް މައުލޫމާތި ދިނެވެ.
މި މުބާރާތުން މޮޅުވި ދެ ދިވެހިން ކަމަށްވާ އަލީ ޝަހުދު އާއި އަބްދުالله އަހްނަފް ވަނީ އެންފީލްޑްގައި ލިވަޕޫލް އެފްސީ އާއި ޓޮޓެންހާމް ބައްދަލުކުރާ މެޗު ބެލުމަށް ހުކުރު ދުވަހު ދަތުރު ފަށައިފައެވެ.
މި ކެމްޕޭނަކީ ރާއްޖޭގެ އައްސޭރިފަށުން ފެށިގެން އެންފީލްޑްގެ ސްޓޭންޑްތަކާ ހަމައަށް ކުޅިވަރުގެ އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދިނުމުގައި ލިބުނު މާނަހުރި ކާމިޔާބީއެކެވެ. އަދި ފުޓުބޯޅައަށް ޝައުގުވެރިވާ ފަރާތްތަކުން ޗުއްޓީ ހޭދަކުރުމަށް އެންމެ އެކަށިގެންވާ މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ލިވަޕޫލާއެކު އެމްއެމްޕީއާރްސީން އަަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.