ENGLISH
07 ޖުލައި 2025
މުހިއްމީ އިންސާފު، އެކަމުގައި މީހަކަށް ބެލުމެއް ނޯންނާނެ: ރައީސް
27 އޭޕްރީލު 2025
|
މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް . ފޮޓޯ: ރައީސް އޮފީސް
އަދުލު އިންސާފު ގާއިމުކުރުމަކީ އެންމެ މުހިއްމު މަސައްކަތް ކަމަށާއި، އެ މަސައްކަތްޕުޅުގައި ވަކި މީހަކަށް ނުބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން، އެމަނިކުފާނު ވަނީ އޭޕްރީލު މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން މާލޭގައި ކުރަމުންދާ ސިލްްސިލާ މުޒާހަރާތަކަށް އަލިއަޅުވާލައްވައި ވާހަކަފުުޅުދައްކަވާގަ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް އެންމެ މުހިއްމީ އިންސާފާއި އަދާލާތު ރާއްޖޭގައި ގާއިމުވެފައި އޮތުން ކަމަށާއި އެއީ ކޮންެމެ ހާލަތެއްގައި ވެސް އެކަން އޮންނަން ޖެހޭ ގޮތް ކަމަށެވެ. އަދި އެ މަގުން ކަން ކަން ގެންގޮސް، އަދުލު އިންސާފު ގާއިމުކުރުމުގައި އެމަނިކުފާނަށް ނުފޫޒު ފޯރުވޭނެ އެއްވެސް މީހަކު ނުހުންނާނެކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ ޖަސްޓިސް އާއި ރޫލް އޮފް ލޯއާއި ސްޓެބިލިޓީއާއި މި ހުރިހާ ކަމެއް، ހުރިހާ ވަގުތެއްގައި ވެސް އޮންނަން އެއީ އަޅުގަނޑު ބޭނުންވާ ގޮތް." އެމަނިކުފާނު ވިދާޅުވިއެވެ.
"މިކަންކަން މިގޮތަށް ގެންދިއުމުގައި ހުރަހަކަށް ކުރިމަތިވާނެ އެކަކުވެސް ނުހުންނާނެ. ހަނދުމަފުޅު ހުންނާނެ ރިޔާސީ އިންތިހާބުގައި ފަހުން އަދި ރައްޔިތުންނާ ބައްދަލުކުރި ދުވަހުވެސް އަޅުގަނޑު ހުންނާނެ ދަންނަވާފަ އަޅުގަނޑުގެ މައްޗަށް ބާރުފޯރުވޭނެ އެކަކުވެސް ނުހުންނާނޭ" އެއްވެސް މީހަކު ހިމާޔަތްކުރުމަކީ އެމަނިކުފާނަށް މުހިއްމު ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ތަކުރާރުކިރެއްވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއްކަމަށާއި، ހަމައެކަނި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ވެސް ރައްޔިތުންނަށް ކަމަށެވެ.