ENGLISH
07 ޖުލައި 2025
ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ، ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި މަދު ކުރެވިއްޖެ: އެޗްޕީއޭ
27 އޭޕްރީލު 2025
|
ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ، ގައިންގައިން އަރާ ވަރަށް ގިނަ ބަލިތައް ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.
އިމިއުނިޒޭޝަން ދުވަހާ ގުޅިގެން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒުލާ ރަފީޤު ވިދާޅުވީ ގައިން ގައިން އަރާ ބަލިތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށާއި ބައެއް ބަލިތައް މުޅިން ނައްތާލެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕޯލިއޯ، ނެއޯ ނޭޓަލް ޓެޓްނަސް، މީސަލްސް އަދި ރުބެއްލާ ފަދަ ބަލިތައް ރާއްޖެއިން ނައްތާލާފައިވާ ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައިކަމަށް ނަޒުލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޕާރޓަސިސް ނުވަތަ ހޯގޮވާ ކެއްސުން ފަދަ ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ބަލިތައް ރާއްޖެއިން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނަޒުލާ ވިދާޅުވިއެވެ.
ނަޒުލާ ވިދާޅުވީ، ވެކްސިން ޖަހާ މިންވަރު އެއްވެސް ވަރަކަށް މަދުވެއްޖެނަމަ ރާއްޖޭގައި އަނެއްކާވެސް މީގެ ތެރެއިން ބައެއް ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި އެކަން 2020 ވަނަ އަހަރުގެ ކުރީ ކޮޅު މާލެ ސަރަހައްދުގައި ފެތުރުނު މީސަލްސް އައުޓްބްރޭކުން ފާހަގަކުރެވިފައިވާ ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.
ވެކްސިން އޭގެ ވަގުތުގައި ދެއްވުމަށް ސަމާލުކަންދިނުމަކީ މުޅި މުޖްތަމަޢު ބަލިތަކުން ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.