ENGLISH

07 ޖުލައި 2025

Advertisement

މިއަދު ވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ، މޫސުން އަލިވާނީ ބުދަ ދުވަހުގެ ފަހުން: މެޓް

27 އޭޕްރީލު 2025

|

ޝާމަ ޝުޢައިބު

މާލެއަށް ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މީހަކު ސައިކަލްގައި ދަނީ. --ފައިލް ފޮޓޯ: މިހާރު

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުދަ ދުވަހުގެ ފަހުން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. 

އިއްޔެ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ. އެގޮތުން މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ވ. ރަކީދުއަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އެރަށަށް 88.6 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. 

'އެމްއެމްޓީވީ' އަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އުތުރާއި ދެކުނުން އަންނަ ތެތް ވައި ރާއްޖެ ސަރަހައްދުގެ މަތީގައި ޖަމާވެ، އުފެދެމުންދާ ވިލާތަކުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. މޫސުން އަލިވާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ފަހުން ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. 

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް އެ އިދާރާއިން ބުނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. 

މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު