ENGLISH

07 ޖުލައި 2025

Advertisement

އިތުރު ފަރުވާއަށް ޔުމްނު މެލޭޝިޔާއަށް ފުރުވާލައިފި

27 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދަނީ...ފޮޓޯ: ރާއްޖެ އެމްވީ

އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި އެވެ.

ޔުމްނު ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއަށް ހަފްތާއެއް ވެފައިވާއިރު، އޭނާ ހޮސްޕިޓަލަށް ގެންގޮސް އެންމެ ކުރިން ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ހާލަތު ކުޑަކޮށް ރަނގަޅުވެ ވެންޓިލޭޓަރުން ނެގި އެވެ. ފަހުން ފަރުވާ ދިނީ އައިސީޔޫގަ އެވެ.

އަދި އިތުރު ފަރުވާއަށް އޭނާ ރޭ ވަނީ މެލޭޝިޔާއަށް ފުރުވާލާފަ އެވެ.

ޔުމްނުއަށް ފަރުވާ ކުރުމަށް 800،000 ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ދައުލަތުން ވަނީ އެންސްޕާ މެދުވެރިކޮށް 25،000 ޑޮލަރު ހަމަޖައްސާފަ އެވެ.

އަދި އާންމުންގެ އެހީތެރިކަން ހޯދަން ރޭ ޓިކްޓޮކް ލައިވެއްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން މަދު ވަގުތުކޮޅެއްގެ ތެރޭގައި 700،000 ވުރެ ގިނަ ފައިސާ ވަނީ ހޯދާފަ އެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށް، އެމީހުންގެ ފޯނު ވަނީ އަތުލާފައެވެ.

މީގެ އުތުރުން، ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އެ މައްސަލައިގެ މިނިވަން ތަހުގީގެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައި އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުޙައްމަދު މުނައްވަރު އައްޔަންކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު