ENGLISH
07 ޖުލައި 2025
ފުލުސް އިދާރާ ހިންގުން ފިކުރީގެ ބަދަލުގައި ނަވީނަށް
26 އޭޕްރީލު 2025
|
ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީން
ދިވެހި ފުލުހުންގެ އިދާރާ ހިންގެވުން ވަގުތީ ގޮތުން ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލު ކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ފުރަތަމަ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް އެ ނިންމުމަށް ބަދަލު ގެންނަވާފައިވާ ކަމަށް ވިދާޅުވެ ފަހުން ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެ ބަދަލު ގެންނެވި ސަބަބުވެސް ސާފުކޮށް ދެއްވި އެވެ. ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށެވެ. އެއީ އިމާރާތެއްގެ މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާ އެެވެ.
މިނިސްޓަރު ވިދާޅުވީ މި ތަހުޤީޤު ކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަމަށްވާތީ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައެޅުއްވީ ކަމަށެވެ.