ENGLISH
07 ޖުލައި 2025
ފުލުހުންގެ އިދާރާ ހިންގެވުން ވަގުތީ ގޮތުން ޑީސީޕީ ފިކުރީއާ ހަވާލުކުރައްވައިފި
26 އޭޕްރީލު 2025
|
ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ
ދިވެހި ފުލުހުންގެ އިދާރާ ހިންގެވުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފި އެވެ.
އެކަން ހޯމް މިިނިސްޓަރު އަލީ އިހުސާން ވަނީ ހާމަކުރައްވާފަ އެެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފި ކަމަށް ސަރުކާރުން ހާމަ ކުރެއްވީ މީގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ.
އެނގިފައިވާ ގޮތުގައި ޝުޖާއު އިސްތިއުފާ ދެއްވީ އެ މަޤާމުގައި ހުންނެވުމަށް މިވަގުތަށް ދަތިފުޅު ވެގެންނެވެ. އެއީ އާއިލީ މަސްއޫލިއްޔަތުތަކުގައި ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތުމުންނެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ގެއެއްގެ ފުރާޅުމަތިން ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލުކޮށްފަައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްއާއި އެ މައްސަލަ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
އެ މައްސަލާގައި ތުހުމަތުވާ މީހުން ހައްޔަރުކުރުން ދިގުލައިގެންދިއުމާއި މައްސަލަ ބެލުމުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވުމާއި، އެކަށީގެންވާ ގޮތެއްގައި ތަހުޤީޤުގެ މައުލޫމާތު ހާމަނުކުރުން ފަދަ ބައެއް ތުހުމަތުތައް ފުލުހުންގެ ޚިދުމަތަށް އަމާޒުވެފައިވެއެވެ.