ENGLISH
07 ޖުލައި 2025
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ޝުޖާޢު އިސްތިޢުފާ ދެއްވައިފި
26 އޭޕްރީލު 2025
|
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި، ޢަލީ ޝުޖާއު އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
އެކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެކްސްގައި އެކަމަނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޝުޖާއު އިސްތިއުފާ ދެއްވީ އެ މަޤާމުގައި ހުންނެވުމަށް މިވަގުތަށް ދަތިފުޅު ވެގެންނެވެ. އެއީ އާއިލީ މަސްއޫލިއްޔަތުތަކުގައި ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތުމުންނެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ގެއެއްގެ ފުރާޅުމަތިން ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލުކޮށްފަައިވާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްއާއި އެ މައްސަލަ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
އެ މައްސަލާގައި ތުހުމަތުވާ މީހުން ހައްޔަރުކުރުން ދިގުލައިގެންދިއުމާއި މައްސަލަ ބެލުމުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުމާއި، އެކަށީގެންވާ ގޮތެއްގައި ތަހުގީގުގެ މައުލޫމާތު ހާމަނުކުރުން ފަދަ ބައެއް ތުހުމަތުތައް ފުލުހުންގެ ހިދުމަތަށް އަމާޒުވެފައިވެއެވެ.
ސީޕީ ޝުޖާޢު އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވަނީ ކަނޑައަޅައިފައެވެ.