ENGLISH
07 ޖުލައި 2025
ތުލުސްދޫ ގޮނޑޮދޮށް ހިމާޔަތްކޮށް ރީތިކަން ގެނެސްދީފި
26 އޭޕްރީލު 2025
|
ކ. ތުލުސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކޮށްފައިވާ މަސައްކަތް: ގޮނޑުދޮށް ހިމާޔަތްކުރުމަށް 40 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ-- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ރާޅާއަޅަން އަންނަ ޓޫރިސްޓުންގެ މެދުގައި މަގުބޫލު، ކ. ތުލުސްދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް އެރަށުގެ އަތިރިމައްޗަށް ރީތިކަން ގެނެސްދީފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވިގޮތުގައި ތުލުސްދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދެވުނު ޕްރޮޖެކްޓުގެ 100 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ސާޅީސް މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓުގެ މަަަސައްކަތް ކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ.
ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރީ އެރަށުގެ އިރުމަތީ ފަރާތުގެ ބޮޑުބައެއް ގިރާލާލައި އެ ސަރަހައްދުގައި ހުރި ދުވަސްވެފައިވާ ބައެއް ގަސްތައް ވެސް ނެތިގެންގޮސްފައިވައިނޮށެވެ.
ކ. ތުލުސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކޮށްފައިވާ މަސައްކަތް-- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
މިނިސްޓްރީން ވިދާޅުވިގޮތުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ދަށުން 70 މީޓަރުގެ ބޮޑުހިލައިގެ ހަ ބްރޭކްވޯޓަރާއި، 50 މީޓަރުގެ ބޮޑުހިލައިގެ ދެ ވައި-ގްރޮއިން އަދި 170 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ތުލުސްދޫގައި ޖަހާފައިވެއެވެ.
މި މަޝްރޫއު ނިމުމާއެކު ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ތުލުސްދޫގެ ގޮނޑުދޮށަށް ރީތިކަން ލިބި، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވި، ރަށުގެ ރައްޔިތުންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ތުލުސްދޫގައި ހުރި 30 އަށްވުރެ ގިނަ ގެސްޓުހައުސް އާއި ހޮޓާތަކުގައި 550 ވަރަކަށް އެނދު ހުރެއެވެ.