ENGLISH

09 މޭ 2025

Advertisement

މައްސަލަތަކާ ގުޅިގެން 17 އުޅަނދެއްގެ ވެރިން މިނިސްޓްރީއަށް ހާޒިރުވާން އަންގައިފި

26 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ޓްރާނސްޕޯޓް މިނިސްޓްރީ ހިންގަމުންދާ އުމަރު ޒާހިރު އޮފީސް އިމާރާތް--ފޮޓޯ:އެމްއެމްޓީވީ

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހެޅި، ބަލަމުންދާ މައްސަލަތަކާ ގުޅުންހުރި 17 އެއްގަމު އުޅަނދެއްގެ ވެރިފަރާތް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިއުލާނުގައި ބަޔާންކޮށްފައިވާ 17 އުޅަނދުގެ ވެރިފަރާތުން ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހާޒިރުވާން ޖެހޭނެކަމަށެވެ. އަދި އެއްވެސް ސަބަބަކާހުރެ މި މުއްދަތުގެ ތެރޭގައި މިނިސްޓްރީއަށް ހާޒިރުވާން އުޒުރުވެރިވާ ފަރާތްތަކުން [email protected] ، އަށް އެފަރާތެއްގެ ފޯނު ނަމްބަރު، އީމެއިލް އެޑްރެސް އަދި މިހާރު ދިރިއުޅޭ އެޑްރެސް އީމެެއިލް ކުރުމަށްވެސް އަންގާފައިވެއެވެ.

މި އިއުލާނުގައިވާ އުޅަނދުތަކާ ގުޅިގެން ބަލަމުންދާ މައްސަލަތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި، ވެރިފަރާތްތަކުން މިނިސްޓްރީއަށް ހާޒިރު ނުވެެއްޖެނަމަ ނުވަތަ ހާޒިރު ނުވެވޭނެކަން ކަނޑައެޅިފައިވާ ގޮތަށް އަންގާފައިނުވާނަމަ، އުސޫލުތަކާއި އެއްގޮތްވާ ގޮތުތެމަތިން ފިޔަވަޅު އަޅާނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތަކުގައި ކަންބޮޑުވުން ހުރި ގިނަ މައްސަލަތަކެއް ހުއްޓެވެ. ވަކިން ހާއްސަކޮށް ހަތަރު ފުރަޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި އެެއްވެސް ކަހަލަ އުސޫލެއްނެތި އެއްގަރާޖަކަށް އެތަކެއް އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ މައްސަލަތަކާއި "ވަގު" ޑޮމައިންތަކުގެ މައްސަލަތައް ފާހަގަކުރެވެއެވެ.

ސަރުކާރުންދަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު