ENGLISH

09 މޭ 2025

Advertisement

ބީއެމްއެލް އިން ގާއިމުކުރަނީ މުވައްޒަފުންނަށް ކުރިއެރުން ލިބޭނެ މާހައުލެއް: ސީއީއޯ

26 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ބީއެމްއެލްގެ އަހަރީ އެވޯޑް ހަފްލާގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގާއިމުކުރަނީ ކޮންމެ މުވައްޒަފަކަށްވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާހައުލެއް ކަމަށް، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

ބީއެމްއެލް އިން ރޭ ވަނީ "ސްޓާފް އެވޯޑްސް" ގެ ނަމުގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އަހަރީ ސްޓާފް އެވޯޑް ހަފްލާ ބާއްވާފައެވެ. ކްރޮސްރޯޑްގައި ބޭއްވި އެ ހަފްލާގައި ވަނީ އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ. 

ބީއެމްއެލް އިން ރޭ ކްރޮސްރޯޑްސްގައި ބޭއްވި އަހަރީ ހަފްލާގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

މުވައްޒަފުންނަށް އެވޯޑްތައް ޙަވާލުކޮށްދެއްވީ ބީއެމްއެލްގެ ޗެއަަރޕާސަން އަޙްމަދު ޢަލީ ޙަބީބު އާއި ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ބީއެމްއެލްގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށް ވިދާޅުވެ، މުވައްޒަފުންގެ ހިދުމަތް ފާހަގަކުރައްވާފައެވެ. 

"ބޭންކުގެ އެންމެ އަގުބޮޑު ރައުސްމާލަކީ މުވައްޒަފުން. ތިޔަ މުވައްޒަފުންގެ ހިތްވަރާއި، އުފެއްދުންތެރިކަމާއި، ސާބިތު އަޒުމަކީ، އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި، ޕްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި، މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާގޮތުގެ މަތީން ތަފާތު ޕްރޮގްރާމްތައް އަޅުގަނޑުމެން ވަނީ ތަޢާރަފްކޮށްފައި. މި ބަދަލުތަކުން ދައްކުވައިދެނީ ކޮންމެ މުވައްޒަފަކަށް ވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް އަޅުގަނޑުމެންދޭ އަހައްމިއްޔަތުކަން" ރޭގެ ޙަފްލާގައި ވާހަކަދައްކަވަމުން މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. 

ބީއެމްއެލްގެ އަހަރީ ހަފްލާގައި ސީއީއޯ މުހައްމަދު ޝަރީފް މުވައްޒަފަކަށް އެވޯޑް ހަވާލުކޮށްދެއްވަނީ. ފޮޓޯ: ބީއެމްއެލް

އަހަރީ ސްޓާފް އެވޯޑް ޙަފްލާގައި އެންމެ ރަނގަޅު މުވައްޒަފަށްދޭ ޝަރަފްވެރި އެވޯޑް ލިބުނީ ޑިރެކްޓަރ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް ޚުޒާޢަތު ޢަލީ އަށެވެ. ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދީ ހެޑް އޮފް ކަސްޓަމަރ އެކްސްޕީރިއެންސް ޙުސައިން ރަޝީދުއާއި ހެޑް އޮފް ޕްރީމިއަމް ބޭންކިންގ ޢަބްދުﷲ ސޮބާހު އެވެ. ލީޑަރޝިޕް އެކްސެލެންސް އެވޯޑު ހާސިލްކުރީ، އިން ޗާޖް އޮފް ޑިޖިޓަލް - ޓެކްނޮލޮޖީ ޑިވިޝަނުގެ މުޙައްމަދު ސާވީ ފަޠުހުﷲ އެވެ. 

ހާއްސަ އިނާމުތަކުގެ އިތުރުން، މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި އެހެނިހެން މުވައްޒަފުންނާއި ޓީމުތަކަށް ރޭ ވަނީ އެވޯޑްދީފައެވެ. 

މިދިޔަ އަހަރެއްހާ ދުވަސްތެރޭ ބީއެމްއެލް އިން ވަނީ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން، އެ ބޭންކުގެ ހިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު