ENGLISH
09 މޭ 2025
ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ދަފުތަރެއް: ހިތުދަސްކުރާ ދަރިވަރުންގެ އަދަދު 700 އަށްވުރެ މަތީގައި!
26 އޭޕްރީލު 2025
|
ޤުރްއާން ހިތުދަސްކުރާ ޕްރޮގާމްގެ ދަރުވަރުން ސަލްމާން މިސްކިތުގައި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އާ ބައްދަލުކުރުން-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ކީރިތި ޤުރްއާން ހިތުދަސްކުރާ ދަރުވަރުންގެ އަދަަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި، ހިތުދަސްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންްދަވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤުރައާން ހިތުދަސްކުރާ ޒުވާން ޖީލެއް މިހާރު އެބައޮތް ކަމަށެވެ. މުޅި ރާއްޖޭގައި 700 އަށްވުރެ ގިނަ ދަރިވަރުން މިހާރު ޤުރްއާން ހިތުދަސްކުރަމުން ދާކަމަށް ލަފާކުރެވޭ ކުރެވޭ ކަމަަށާއި، ޤުރްއާން ހިތުދަސްކުރަމުން އަންނަ ދަރިވަރުންގެ ދަފުތަރެއް އެކުލަވާލެއްވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިވަގުތު މާލެ އާއި އަތޮޅުތަކުގައި ޤުރުއާން މަރުކަޒުތަކާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދާ ކަމަށް ލަފާކުރެވޭ،" މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ޤުރްއާން ހިތުދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކަށް ހާފިޒުކަމުގެ ސަނަދު އެރުވުމަށް ޤައުމީ ފެންވަރުގައި ހާއްސަ ޖަލްސާއެއް ބާއްވަން ފެެއްޓެވީ މިނިސްޓަރު ޑރ. ޝަހީމް އެވެ. މިގޮތުން، މިދިޔަ ރަމަޟާންމަހު ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ފުރަތަމަ ޖައްސާގައި 24 ހާފިޒަކަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.