ENGLISH
27 ޖުލައި 2026
ކުޑަ ގައުމެއްގެ އިސްނެގުމަށް ބައިނަލްއަގްވާމީ ދުނިޔޭގެ ތައުރީފް
27 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
އިންޑިއާއާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް ސާކުގެ ބައްދަލުވުންތައް ފެށުމުގައި މެދުވެރިއެެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި ހާމަކުރެއްވުމަށް ބައިނަލްއަގްވާމީ ދުނިޔޭގެ ތައުރީފް އޮހެންފަށައިފިއެވެ.
އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ބައިވެރިވުމާއިއެކު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތައް ހިމެނޭހެން އެކުލަވާލި ސާކަކީ ސަރަހައްދީގޮތުން ބަލާއިރު މުހިންމު ޖަމާއަތެއް ކަމަށެވެ. ސަރަހައްދުގެ އަމާންކަމަށް ސާކު އަލުން ހިނގަން ފެށުމަކީ ކޮންމެހެން މުހިންމުކަމެއްކަން ފާހަގަކުރައްވަމުން ފާއިތުވި 9 އަހަރު އެ ޖަމާއަތް ނުހިނގާކަން ކަމުގެ ކަންބޮޑުވުން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނީ ސުލްހަވެރިކަމާއިއެކު ކަންކަން ހައްލުކުރަން ކަމަށެވެ.
"ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ރާއްޖެއިން ގޮވާލަނީ އެކަންކަން އެއްކައިރިކޮށް މި ސަރަހައްދުގެ ތަރައްގީއާއި ސުލްހަ މަސަލަސްކަމަށް އެކުވެރިކަން އިސްކޮށް މޭޒުދޮށަށް ވަޑައިގަންނަވާށޭ، އެކަން ކުރަން އުނދަނގޫވާނަމަ ރާއްޖެ މިއޮތީ އިސްނަގާށޭ އެ މަޝްވަރާތައް ކުރިއަށް ގެންދަން މީޑިއޭޓަރަކަށް ވާންވެސް." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުތައް ރިޕޯޓްކުރި ބައިނަލްއަގުވާމީ މީޑިއާތަކުގެ ތެރޭގައި "އިންޑިއާ ޓުޑޭ" ހިމެނެއެވެ. އެ ނޫހުން ބުނީ ރައީސް މުއިއްޒުގެ މި ވާހަކަފުޅުން ހާމަވީ ގިނަ އަހަރުތަކެއް ވަންދެން ހުއްޓިފައި އޮތް މި މުހިންމު ޖަމިއްޔާ އަލުން ދިރުވުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަންކަމަށެވެ.
"ދަ ނިއު އިންޑިއަން އެކްސްޕްރެސް" އިން ރައީސްގެ މި ވާހަކަފުޅުތަކާ ގުޅުވައިގެން ބުނެފައިވަނީ ރައީސްގެ މި ގޮވާލެއްވުމަކީ ސަރަހައްދީ ސުލްހަޔާއި އެއްބާރުލުން ދެމެހެއްޓުމަށް ސާކްގެ ބައްދަލުވުންތައް އަލުން ފެށުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނުކުފާނު ދެކިވަޑައިގަންނަވާކަމުގެ ސާފު ދަލީލެއްކަމަށެވެ.
ރައީސްގެ މި ހުށަހެޅުއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން "ކޯޕަރޭޓް މޯލްޑިވްސް" އިން ޝާއިއުކުރި ރިޕޯޓުގައި ސާކްގެ ގައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރީގެ ހުރަސްތައް ނައްތާލެވިއްޖެ ނަމަ، ސަރަހައްދީ ވިޔަފާރި 23 ބިލިއަން ޑޮލަރުން 67 ބިލިއަން ޑޮލަރަށް އިތުރުކުރެވޭނެކަން ބަޔާންކޮށްފައިވެއެވެ. މިހާރު މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ ނިސްބަތަކީ އެންމެ ފަސް އިންސައްތައެވެ.
ސާކްގެ މުސްތަގުބަލަށް ބަލާއިރު ރާއްޖޭގެ މި ހުށަހެޅުމަކީ ސަރަހައްދީ ގުޅުންތައް އަލުން ދިރުވުމަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި މުހައްލިލުން އަންނަނީ ސިފަކުރަމުންނެވެ.
ސާކް އަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ސަރަހައްދީ އެއްބާރުލުން ގާއިމްކުރުމުގެ މަގްސަދުގައި 1985 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އުފެއްދި ޖަމާއަތެކެވެ. އެޖަމާއަތުގައި ހިމެނެނީ ދެކުނު އޭޝިޔާގެ ހަތް ގައުމުކަމަށްވާ ބަންގްލާދޭޝް، އިންޑިޔާ، ބޫޓާން، ދިވެހިރާއްޖެ، ޕާކިސްތާން ނޭޕާލް، އަދި ސްރީލަންކާއެވެ. އެއަށްފަހު 2007 ވަނައަހަރުގެ އެޕްރީލްމަހު އޭޝިއާގެ ހުޅަނގު ދެކުނުގައި އޮންނަ ގައުމެއްކަމަށްވާ އަފްޣާނިސްތާންވަނީ ސާކު ޖަމާއަތުގައި ބައިވެރިކޮށް އެގައުމަށްވަނީ އެޖަމާއަތުގެ މެންބަރުކަން ދީފައެވެ. މިއާއެކު ސާކުގެ މެންބަރު ގައުމުތަކުގެ އަދަދު ވަނީ އަށަކަށް އަރާފައެވެ.
ސާކުގެ ބައްދަލުވުންތަކަށް ހުރަސްއެޅުނީ 2016 ވަނަ އަހަރު ކަޝްމީރުގައި އިންޑިއާ ސިފައިންނަށް އަމާޒުކޮށް ޕާކިސްތާނުގެ ޖައިޝޭ މުހައްމަދު ޖަމާއަތުން ދިން ހަމަލާތަކަކާ ގުޅިގެން އިންޑިއާ ހިމެނޭހެން ސާކްގެ ހަ ގައުމަކުން އެ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ނިންމު ސާކް ސަމިޓު ބޮއިކޮޓްކުރުމާ ވިދިގެންނެވެ.
އެންމެ ފަހުން ސާކް ސަމިޓެއް ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 އިން 27 އަށް، ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައެވެ.