ENGLISH
27 ޖުލައި 2026
މިދިޔަ ހަފްތާގައި 44 ހާހަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި
27 ޖުލައި 2026
|
މުދާ އުފުލުމުގައި ހަރަކާތްތެރިވަނީ - ފޮޓޯ:ޕީއެސްއެމް
އެންމެ މަޤްބޫލު
މިދިޔަ ހަފްތާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޖުމްލަ 44,170 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފިއެވެ.
މިދިޔަ ހަފްތާގައި އެމްޕީއެލް އިން ކްލިއާ ކޮށްފައިވަނީ 41،929 އަކީ ކޮންޓެއިނަރު އުފުލުމަށް ހާއްސަ އުޅަނދާއި 2،241 އާއްމު އެކި ބާވަތްތަކުގެ މުދާ އުފުލާ އުޅަނދެވެ. އެގޮތުން މިދިޔަ ހަފްތާގައި ކްލިއަރެންސް ދީފައިވަނީ 1450 ކޮންޓެއިނަރު އުފުލުމަށް ހާއްސަ އުޅަނދުންނާއި، 418 ޖެނެރަލް ކާގޯއިން ކަމަށް އެމްޕީއެލްއިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެމްޕީއެލްއިން އާއްމުކޮށްފައިވާ ތަފާތުހިސާބުތަކަށް ބަލާއިރު، މީގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ހިމެނެއެވެ. އެގޮތުން މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއާކޮށްފައިވަނީ ބިހެވެ.
ތަފްސީލީ ގޮތެއްގައި ކްލިއާކުރި ބައެއް މުދަލުގެ އަދަދުތަކަކީ:
މީގެ އިތުރުން އަލަނާސި، ބަރަބޯ އަދި ސްވީޓް މެލަން ފަދަ ބާވަތްތައް ވެސް ވަނީ ކްލިއާކޮށްފައެވެ. މުދާ އުފުލާ އުޅަނދުތަކުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ ހަފްތާގައި ދެ ކޮންޓެއިނަރު އުޅަނދާއި ހަތަރު ޖެނެރަލް ކާގޯ އުޅަނދަކުން މުދާ ބާލާފައިވެއެވެ.
ކާބޯތަކެތީގެ ބާވަތްތައް، ވަކިން ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މިގޮތުން މިފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި 3,000 އަކަފޫޓުގެ ހިޔާކުރެވިފައިވާ ޝެޑެއް ވެސް މިހާރު ގާއިމުކޮށްފައިވެއެވެ.
އިގްތިސާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިދިޔަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ބަނދަރަށް ދިމާވެފައިވާ ދަތިތަކަށް އޮތް ދާއިމީ ހައްލު ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާވެ، މުދާ ކްލިއާކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.