ENGLISH
09 މޭ 2025
މިރޭ ބާއްވަން ނިންމި އަހާ ފޯރަމް އަންނަ މަހުގެ 15 ވަނަ ދުވަހަަަށް ފަސްކޮށްފި
26 އޭޕްރީލު 2025
|
އަހާ ފޯރަމުގެ ތެރެއިން ބައެއް ވަޒީރުން އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
މިރޭ ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް "އަހާ" ފޯރަމް އަންނަ މޭ މަހުގެ 15 ވަނަ ދުވަހަށް ފަސްކުރަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކަކީ އާއްމުންނަށް ވަޒީރުންނާ ބޭނުން ސުވާލެއް ކުރެވޭ ގޮތަށް ކުރިއަށްގެންދާ ފޯރަމްތަކެކެވެ. މިރެއަށް ތާވަލުކުރި ފޯރަމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން މިރޭގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ:
· މިނިސްޓަރ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލަޖީ އަލީ އިހްސާން،
· އެޓާނީ ޖެނެރަލް އަލްއުސްތާޒް އަހްމަދު އުޝާމް،
· މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު،
· މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް ކަލްޗާރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހިމް
· މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ
މި ފޯރަަމުތަކުގައި އާއްމުން ބޭނުން ސުވާލެއް ކުރުމަށް ފޯނުން ގުޅައިގެންނާއި، އެސްއެމްސްގެ ޒަރީއާއިން އަދި މީސްމީޑިޔާ މަންސަަތައް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައެވެ. އަދި ފޯރަމަށް ހާޒިރުވެ ސުވާލުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެހުމަށް ފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.
މި ފޯރަމަކީ ހާމަކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވަނިވި ސަރުކާރެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ބާއްވަމުން އަންނަ ފޯރަމުތަކެކެވެ.