ENGLISH

09 މޭ 2025

Advertisement

ޕާޓާގެ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެ

26 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޕާޓާގައި ބައިވެރިވި ވަފުދު، ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

އިސްތަންބޫލުގައި ކުރިއަށްގެންދާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ އަހަރީ ސަމިޓުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. 

މި ސަމިޓުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ޑެޕިއުޓީ މިނިސްޓަރ މީނާސް ޝައުގީއެވެ. އަދި މޯލްޑިވް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ބައިވެރިވެވޑައިގަތެވެ. 

މި ސަމިޓުގައި  ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިވެވަޑަައިގެންފައިވެއެވެ. އަދި އެ ބޭފުޅުން މި ސަމިޓުގައި މަޝްވަރާކުރައްވާފައިވަނީ ދެމެހެއްޓެނެވި ގޮތުގައި ފަތުރުވެރިކަން ތަރައްގީކުރުމާ ގުޅޭ ގޮތުންނާއި އީޖާދީ ހައްލުތައް ހޯދުމާމެދުއެވެ. 

އޭގެ އިތުރަށް ގިނަ ބައެއް ޝާމިލުވާ ގޮތަށް ފަތުރުވެރިކަމުގެ ކަންކަން ކުރިއަށްގެންދިއުމާއި، ޑޭޓާގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ އިސްތިރަޖިއްޔާތައް ތަންފީޒުކޮށް ފަތުރުވެރިކަމުގެ ޑިމާންޑު ކުރިއަރުވައި ދަތުރުވެރިންގެ ތަޖުރިބާތަކުގެ ފެންވަރު ރަނގަޅުކުރުމާމެދު މާހިރުން މަޝްވަރާކުރައްވާފައިވެއެވެ. 

ޓޫރިޒަަމް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިފަދަ ސަމިޓުތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެ ތަޖުރިބާތައް ހާސިލުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދާނެ ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު