ENGLISH

09 މޭ 2025

Advertisement

ކޮންމެ އަހަރަކު ޙަރަމްފުޅުގެ އިމާމެއް ގެނެވޭތޯ މަސައްކަތް ކުރާނަން: ޑރ. ޝަޙީމް

26 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

މަސްޖިދުލް ޙަރާމްގެ އިމާމް އަދި ޚަޠީބު، ފަޟީލަތުއްޝައިޚު ޔާސިރު އައްދައުސަރީ-- ފޮޓޯ: އިންސައިޑް ދަ ޙަރަމައިން

ކޮންމެ އަހަރަކު ޙަރަމްފުޅުގެ އިމާމެއް ގެނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިކަން ކުރަށްވަނީ ޒުވާން ޖީލަށް ދީނީ ކަންތައްތަކުގެ ތެރޭގައި އުޅުމަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމުގައެވެ. އަދި މިދިޔަ ހޯމަ ދުވަހު، މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަޠީބު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތުމުން ޒުވާން ޙާފިޡުންނަށާއި، އިމާމުންނަށާއި ޢިލްމުވެރީންނަށް، އަދި އެންމެހާ ދިވެހި ރައްޔިތުންނަށްވެސް އުފާވެރިކަން ލިބިގެންދިޔަ ކަމުގައި އެމަނިކުފާނު ވެދާޅުވެފައިވެއެވެ. ޑރ. ބުދައިރު އިމާމްވެ ކުރެއްވި ނަމާދުތަކަށް މަސްޖިދު މަލިކި ސަލްމާން އަދި އިސްލާމީ މަރުކަޒު، އެކި އުމުފުރައިގެ މީހުންނާއިގެން ފުރިގެންދިއުމުން މިކަމުގެ ހެއްކަކަށް ފުދެއެވެ.

މީގެ އިތުރުން ޑރ. ބުދައިރުގެ ދަރުހަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރެވެއެވެ. މި ދަރުހުގައި އެމަނިކުފާނުވަނީ ވަރަށް އަގުހުރި ބާރަ ވަޞިއްޔަތެއް ކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއަންނަ އަހަރު ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރައްވަނީ މަސްޖިދުލް ޙަރާމްގެ އިމާމް އަދި ޚަޠީބު،ފަޟީލަތުއްޝައިޚް ޑރ. ޔާސިރު އައްދައުސަރީ ނުވަތަ މަސްޖިދުލް ޙަރާމްގެ އެހެން އިމާމެއް ކަމަށެވެ. ޑރ. ޔާސިރު އަކީ ދިވެހީންގެ ތެރޭގައިވެސް މަޤުބޫލު، ގިނަ ބަޔަކު އެމަނިކުފާނުގެ ކިޔެވުމަށް ލޯބިކުރާ، ހިތްގައިމު އަޑެއްގެ ވެރިއެކެވެ.

ޑރ. ޝަހީމް ވިދާޅުވީ މިކަންކަން ފަހިވެހެންދަނީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މިކަންކަމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީއްސުރެ ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އާލާކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު