ENGLISH
09 މޭ 2025
ނަބަވީ އިމާމުގެ ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި
25 އޭޕްރީލު 2025
|
މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރަށް އަލްވަދާޢު ވިދާޅުވުން
މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފި އެވެ.
މިއީ ހަރަމްފުޅުގެ އިމާމަކު މިދިޔަ 41 އަހަރުގެ ތެރޭގައި ރާއްޖެ ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލު ކުރައްވާފަ އެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އާއި ރާއްޖޭގެ ޢިލްމުވެރީންނާއި ވެސް ބައްދަލު ކުރެއްވި އެވެ.
އަދި ޕްރީ ސްކޫލު ދަރިވަރުންނާއި ޒުވާން ޙާފިޡުންނާއި ޒުވާން ޚަޠީބުންނާއި އިމާމުން އަދި ޚަޠީބުންނާއި ވެސް ބައްދަލު ކުރެއްވި އެވެ.
އެމަނިކުފާނު ވަނީ ބުދަ ދުވަހުގެ ރޭ މަޣްރިބު ނަމާދާއި އިޝާ ނަމާދު, ސަލްމާން މިސްކިތުގައި އިމާމުވެ ކުރައްވާފަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ މަޣްރިބު ނަމާދާއި އިޝާ ނަމާދު, އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާފަ އެވެ.
ބުރާާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ވަރަށް މުހިންމު ތަޤުރީރެއް ދެއްވި އެވެ. އަދި މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓޭނަޝަނަލް އެެއާޕޯޓުން އަލްވަދާޢު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.