ENGLISH

09 މޭ 2025

Advertisement

ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި

25 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައުދު އަހްމަދު ޒިލާލު

އޭޕްރީލު މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހެންވޭރުގެ ގެއަކުން އެގެއާ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން އެވަގުތު އެ އަންހެން މީހާއާއެކު އެގޭގައި އުޅުނު ޒުވާނާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

އަންހެންމީހާ ވެއްޓުމުގެ ކުރިން އޭނާއާއެކު އުޅުނު ގ.އެރިއަދޫ އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލު ހައްޔަރު ކުރީ އިރޮއޮއްސުނު ވަގުތު އެވެ.

އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދަށް ކޯޓް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރަށް ފުރާޅަށް ވެއްޓުނު އަންހެންކުއްޖާއާއި ރައުދުގެ އިތުރަށް އޭނާއާއެކު އެރޭ އުޅުނު ބައެއް މީހުން ހިމެނޭހެން ޖުމްލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުންޏެވެ. 

ފުލުހުންވަނީ މި މައްސަލާގަައި ހިމެނޭ އަށް މީހަކު ފުރުން މަނާކުރުމުގެ އަމުރުވެސް ހޯދާފައެވެ. ފުރުން މަނާކުރި މީހުންގެ ތެރޭގައި ރައުދުވެސް ހިމެނެއެވެ. 
ފުލުހުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އެއީ އަންހެން މީހާ ވެއްޓުނު ގެއަށް ވަނުމުގެ ކުރިން އޭނާއާ އެރޭ އޭނާއާއެކު އުޅުނު މީހުން ހަރަކާތްތެރިވެފައިވާ ދެ ގެއެވެ. 

އެގޮތުން މއ.މާންދޫގޭ ޓެރެސްއާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ ފުލުހުން ބަލައި ފާސްކުރިއެވެ. އަދި ހ.ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާވެސް ފުލުހުން ބަލައި ފާސްކުރިއެވެ. މިއިން ފުރަތަމަ ގެއަކީ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީނުވެސް ދިރިއުޅުއްވާ ގެކޮޅެވެ. 

އެގެކޮޅުގައި 17 ވަނަ ދުވަހުގެ ރޭ އެއްވުމެއް އޮތް ނަމަވެސް އެ އެއްވުން އޮތީ އަމީނު އުޅުއްވާ އެޕާޓުމެންޓުގައި ނޫންކަމަށާއި، އެ އެއްވުމެއް އޮތްކަން އެނގިވަޑައިނުގަންނަވާކަމަށާއި، މައްސަލައަށް އެއްވެސް މިންވަރަކަށް ނުފޫޒު ފޯރުއްވާފައިނުވާނެކަމަށް އަމީނު ވިދާޅުވެފައިވެއެވެ. އަމީނު އެފަދައިން ވިދާޅުވީ އޭނާގެ އިސްތަށިފުޅުގައި ބައެއް މީހުން އަޅުވަމުންދާ އިލްޒާމުތައް ދޮގުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ކިޔުންތެރިންގެ ހިޔާލު