ENGLISH

09 މޭ 2025

Advertisement

މުލީ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި

25 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

މުލީ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖެއްސުމުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

މުލަކަތޮޅު މުލީގައި ތައްޤީކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިމި، ޓެސްޓް ފްލައިޓު މިއަދު ޖައްސައިފިއެވެ.

މިއީ މ. އަތޮޅުގައި ޤާއިމްކުރާ ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފައެވެ. ޓެސްޓް ފްލައިޓްގެ ގޮތުގައި މުލީ އެއަޕޯޓަށް ޖައްސާފައި މިވަނީ ޤައުމީ އެއަލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓް ދަތުރަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށް ކުރާ ދަތުރެކެވެ.

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައި.. ފޮޓޯ: ޕީއެސްއެމް

1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވާ މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެކެވެ. މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީއެވެ. ވައިގެ ދަތުރުފަތުގެ ޚިދުމަތް މުލަކު އަތޮޅުގައި އަލަށް، ޚާއްސަކޮށް ވެރިކަން ކުރާ މުލީގައި ޤާއިމްކުރި އެއަރޕޯޓާއެކު ފެށިގެންދާތީ އެރަށުގެ ރައްޔިތުންވަނީ އެކަމުގެ އުފާވެރި ޝުޢޫރު ފާޅުކޮށްފައެވެ. ފްލައިޓަށް މަރުޙަބާ ކިއުމަށް ރައްޔިތުން ފަރިވަޅެއްވެސް އަރުވާފައިވެއެވެ. މުލީގައި އެއަޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު