ENGLISH

07 ޖުލައި 2025

Advertisement

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލާ މީހާ: ޑރ. ޞަލާޙުލް ބުދައިރު

25 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ޙުތުބާ ދެއްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގައި މިއަދު އިއްވެވި ހުކުރު ޚުތުބާ ގަ އެވެ. "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައިވާށެވެ" މި މައުޟޫއަށް އިއްވި ޚުތުބާއި ޝެއިޚް ވިދާޅުވީ އެންމެ ނުބައި މީހަކީ، އެ މީހެއްގެ ޤައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށެވެ.

ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށާ އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރުބަހުން މުޚާޠަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ޤައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށް ވެސް ޝެއިހްގެ ޚުތުބާގައި ވިދާޅުވި އެވެ.

"ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ތިޔަބައިމީހުން ބިރުވެތިވާށެވެ! ތިޔަބައިމީހުން ޙިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހައްޓާށެވެ,"

އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެއްކަން ފާހަގަ ކުރައްވާ ޝެއިޚް ވަނީ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުން އެކަމުގެ ދަލީލުތައް ދައްކަވާފަ އެވެ.

ޝެއިޚް ދެއްވި ޚުތުބާގައި އިތުރަށް ވިދާޅުވީ ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤު ކަމަށާ މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށެވެ. އެހެން ކަމުން މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ނަސޭހަތްތެރިވެވަޑައިގެންެނެވި އެވެ.

މުސްލިމުންނަށް އުނދަގޫކޮށް، އެ މީހުންގެ މައްޗަށް ބާޠިލު ތުހުމަތުތައް ނުކުރުމަށާއި ދޮގު ބުހުތާން ވާހަކަތައް ނުފެތުރުމަށް ވެސް ޝެއިޚް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

އަދި މީސްތަކުންނަށް ދެރަކޮށް، ނިކަމެތި ނުކޮށްލުމަށާއި ބަދުބަސް ބުނެ، ލަޢުނަތްދީ، ކާފިރުކޮށް، އެ މީހުންނީ ބިދުޢަވެރީންނާއި ފާސިޤުންކަމުގައި ބުނެ ނޫޅުމަށް ނަސޭހަތްތެރިވެވަޑައިގެން ވިދާޅުވީ މީހުންގެ އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި، ފަޟީޙަތް ނުކޮށް އެ މީހުންގެ މުދާ ވަގަށް ނަގައި، ކެހިދީ، އަބުރު ނަގައިލައި، އެ މީހުންގެ ފުރާނަޔަށާއި އަބުރައް އަރައިނުގަތުމަށެވެ.

ކިޔުންތެރިންގެ ހިޔާލު