ENGLISH

09 މޭ 2025

Advertisement

ފުރުން މަނާކުރި މީހަކު މެލޭޝިޔާއަށް ދިޔަ ވާހަކަ އަކީ ދޮގެއް: ފުލުހުން

25 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ މައި އިދާރާ -- ފޮޓޯ: ޑްރީމް

އުމުރުން 21 އަހަރުގެ އަންހެނަކު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުޤީޤާއި ގުޅިގެން ފުރުން މަނާކުރި މީހަކު ފުރައިގެން ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދޮގު ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ އަގު ވައްޓާލާ ތަހުޤީޤަށް ހުރަސް އެޅޭގޮތަށް ތަފާތު ވާހަކަތައް ދަނީ ފަތުރަމުންނެެވެ.

އެގޮތުން އެ ހާދިސާއާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން އަންހެނަކު ފުރާފައިވާ ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަތަކެއް ފަތުރަމުންނެވެ.

އެކަން ދޮގުކޮށް ދިވެހި ފުލުުހުންގެ ޚިދުމަތުން މިއަދު ބުނީ ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިޔާއަށް ގޮސްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތެްއް ނެތް ވާހަކަތަކެއް ކަމަށެވެ.

ހުކުރު ދުވަހުގެ ހާދިސާ ފުލުހުން ގެންދަނީ ތަހުޤީޤު ކުރަމުންނެވެ. އެ ހާދިސާގެ ބައެއް މަންޒަރުތަައް އާންމުކޮށް ތުހުމަތުވާ މީހުންގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފަ އެވެ.

އަދި އެ މީހުންގެ ފޯނުތައް ހިފަހައްޓާ ފުރުން މަނާކޮށްފައިވެ އެވެ. އަންހެން މީހާއާއެކު އެންމެ ފަހު ވަގުތާ ހަމައަށް އުޅުނު ފިރިހެން މީހާ ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު