ENGLISH

25 އޭޕްރީލު 2025

Advertisement

ފުލުހުންގެ ތަޙުޤީޤުތައް އަވަސްކޮށް ރައްޔިތުން އެދޭފަދަ ބަދަލެއް ގެނައުމަކީ އަމާޒު: މިނިސްޓަރު އިޙްސާން

24 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ގާތުން އޯގާތެރިކަމާއި ހިނިތުންވުމާއެކު ދެވޭ ޚިދުމަތަކަށް ހެދުމަކީ މި އަހަރުގެ އަމާޒު ކަމުގައި ދާޚިލިއްޔަތާއި ފަންނާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވަޒީރު އިހްސާން މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން ދާޚިލީ ސަލާމަތާއި ބެހޭ ހުރިހާ އިދާރާއެއް އެއް ފުރާާޅެއްގެ ދަށަށް ގެނައުމަކީ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.

އަދި ކުށްތައް ހުއްްޓުވުމަށް އެކަމަށް ބޭނުންވާ ޚާއްސަ ޤާނޫނުތައް ހެދުމުގެ މަަސައްކަތް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާކަން ފާހަގަ ކުރެއްވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިއީ އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކާ އެކުލަވާލެވޭ ފްރޭމްވޯކްގެ ފެށުމެވެ. 

އަދި ވިދާޅުވީ ޒަމާނީ ޓެކޮނޮލޮޖީގެ އެހީގައި ފުލުހުންގެ ތަޙުޤީޤުތައް އަވަސްކޮށް ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ އިދާރާއަށް ގެނައުމަކީ މި އަހަރުގެ އަމާޒު ކަމަށެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ގާތުން އޯގާތެރިކަމާއި ހިނިތުންވުމާއެކު ދެވޭ ޚިދުމަތަކަށް ހެދުމަކީ ވަޒީރެއްގެ ހައިސިއްޔަތުން މި އަހަރު އަޅުގަނޑު އެންމެ އިސްކަން ދޭނެ ކަންތައް. ޒަމާނީ ޓެކޮނޮލޮޖީގެ އެހީގައި ފުލުހުންގެ ތަޙުޤީޤުތައް އަވަސްކޮށް އަޅުގަނޑުމެން ރައްޔިތުން އެދޭ ބަދަލެއްގެ އިހުސާސް ކުރެވޭ ފަދަ ބަދަލެއް ގެނައުމަކީ އަޅުގަނޑުމެންގެ އަމާޒު," ވަޒީރު މިރޭ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު