ENGLISH

25 އޭޕްރީލު 2025

Advertisement

ހާދިސާގެ އެންމެ ބޮޑު ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރެވޭނެ ކަމަށް ޕްރޮމޯޓް ކުރި މީހުން: ރައީސް

24 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި މިދިޔަ ހުކުރު ދުވަހު ހިނގާދިޔަ ހާދިސާގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެ ހާދިސާ ރައީސް ސިފަ ކުރެއްވީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގަ އެވެ. ރައީސް ވިދާޅުވީ މީގެ ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި، އަހަރުތަކެއް ކުރީން ބަޔަކު މި ރާއްޖޭގައި ޕްރޮމޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ބެލުމަކީ މާ މުހިންމު ކަމެއް ނޫން ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ އެމްޑީޕީގެ އިސްވެރީން ކުރީން ކުރީން ދައްކަވާފައިވާ ވާހަކަތަކަށެވެ.

އެމަނިކުފާނު ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ހާދިސާއަށް ބަލާއިރު އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން ކަމަށެވެ.

"މިހާރު މި ހިނގައިގެން އުޅޭ ހާދިސާ ވަރަށް ހިތާމަވެރި ހާދިސާ (އަންހެން ކުއްޖަކު ފުރާޅު މައްޗަށް ވެއްޓުން) އަށް ވިސްނާލާއިރުވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ ގޮތުގައި ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރީން،" ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު