ENGLISH

13 އޭޕްރީލު 2025

Advertisement

ތިނަދޫ ސްކޫލުގެ ހަމައެކަނި ދަރިވަރު "މަނާފް"، ބޭނުންވަނީ ރަށުގައި ހުރެގެން ތަޢުލީމު ހާސިލްކުރަން

08 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

މަނާފް ތިނަދޫ ސްކޫލް ކުރިމަތީ ހުއްޓިލައިގެން..

ވ. ތިނަދޫ ބަރާބަރުގޭ، އުމުރުން 7 އަހަރުގެ މަނާފަކީ ވ. ތިނަދޫ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ފަހުރުވެރި ހަމަ އެކަނި ދަރިވަރެވެ. ތިނަދޫގެ ސެޓަލްއިޓް ސްކޫލުގައި ކިޔަވަމުން އަންނަ ހިތް އަލި ތަޢުލީމީ ދަރިވަރެކެވެ.

މަނާފް ތަޢުލީމު ޙާޞިލްކުރަމުންދަނީ އޮންލައިންކޮށް ހުރަވީ ސްކޫލުގައެވެ. އެމްއެމްޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި މަނާފްގެ މަންމަ ނަފްހާ ބުނީ މަނާފަށް މިގޮތް މާ ކަމުދާކަމަށެވެ. މަނާފުގެ ކިޔެވުމަށް އެއްވެސް ގޮންޖެހުމެއް ނެތްކަން ފާހަގަކުރައްވަމުން ނަފްހާ ބުނީ މަނާފަށް ތައުލީމު ފޯރުކޮށްދޭން މާލެއަށް ބަދަލުނުވީ މަނާފް ބޭނުންނުވާތީ ކަމަށެވެ. މަނާފް ރަށުގައި ހުރެގެން ކިޔަވަން ބޭނުންވާތީ ކަމަށެވެ.

މަނާފްގެ ދެ މުދައްރިސުންނާއެކު ތިނަދޫ ސްކޫލް ކުރިމަތީ ހުއްޓިލައިގެން..

ވ. ތިނަދޫ ކައުންސިލް ރައީސް އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ރަށުގެ ރައްޔިތުން ރަށަށް ބަދަލުވުމުން މިނިސްޓްރީއަށް ދަންނަވައިގެން ސެޓެލައިޓް ސްކޫލެއް ޤާއިމްކުރުމަށް ދަރިވަރުންގެ ބެލެނިވެރިން އެދުނުކަމަށެވެ. އަދި އެދުމާ އެއްގޮތަށް 2021 ވަނަ އަހަރު ވަނީ 18 އަހަރަށް ފަހު އެރަށުގައި ސްކޫލެއް ހުޅުވިކަމަށެވެ. މި ސްކޫލު ފެށިއިރު އެސްކޫލުގައި ޖުމްލަ 5 ދަރިވަރުން ކިޔަވަމުން ދިޔަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަމަ އެހެން ސްކޫލުތަކެކޭ އެއްގޮތަށް ވ. ތިނަދޫ ސްކޫލުގައިވެސް 2 ކްލާސްރޫމާއި 2 ޓީޗަރުން ތިބެއެވެ. އަދި މީގެ އިތުރުން މަސައްކަތު މީހެއްވެސް ހުރެއެވެ.

ސެޓަލައިޓް ސްކޫލިން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. ތިނަދޫގައި ހުންނަ ސެޓަލައިޓް ސްކޫލަކީ ސަރުކާރުން 1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ ސްކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު