ENGLISH
22 ޖޫން 2026
ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި
22 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާތީ، އެ ޤާނޫނުގެ ދަށުން ޝާއިޢުކޮށްފައިވާ ޤަރާރެކެވެ.
މި ޤަރާރުގެ ޖަދުވަލުގައި، ބަޔާންކޮށްފައިވާ ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވަނީ ބަޔާންކުރައްވާފަ އެވެ.
މި ދާއިރާއިން ފަސް މަޝްރޫޢުއެއް ވަނީ ހިމަނާފަ އެވެ. އެއީ
* އައްސޭރި ޓޫރިޒަމް މަޝްރޫޢު ހިންގުން
* ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކރެއް ތަރައްޤީކުރުމާއި ހެރިޓޭޖް ޓޫރިޒަމް މަޝްރޫޢު ކުރިއަށް ގެންދިއުން
* ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކުރުން
* ޑޮމެސްޓިކް އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް އަޕްގްރޭޑްކުރުން
* ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުން
މި ދާއިރާއިން ފަސް މަޝްރޫޢުއެއް ވަނީ ހިމަނާފަ އެވެ. އެއީ:
* ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދީންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާޙީ ޕްރަގްރާމްތަކާއި ރިހެބިލިޝޭން ޕްރަގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުންމީދު / ހޯޕް އައިލެންޑް" އަށް ބޭނުންވާ 15 ހެކްޓަރުގެ ބިން، ކ. ގުރައިދޫ އުތުރުފަޅު (އުތުރުތިލަފަޅު) ހިއްކުން
* ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދީންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާޙީ ޕްރަގްރާމްތަކާއި ރިހެބިލިޝޭން ޕްރަގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުންމީދު / ހޯޕް އައިލެންޑް" ކ. ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ތަރައްޤީކުރުން
* ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ކ. ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ހިއްކުން
* ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ކ. ގިރާވަރު އުތުރުފަޅު (އުތުރުތިލަފަޅު) ތަރައްޤީކުރުން
* ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި ޤައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫޢުތައް
މި ދާއިރާއިން ހަތަރު މަޝްރޫޢުއެއް ވަނީ ހިމަނާފަ އެވެ. އެއީ:
* ކޯޒްވޭ ލިންކަކުން ދެ ރަށް ގުޅައިލުމުގެ މަޝްރޫޢު
* ސޯޝަލް ހައުސިންގ މަޝްރޫޢު
* ބިން ހިއްކުމުގެ މަޝްރޫޢުތައް
* ބިން ހިއްކާފައިވާ ރަށްރަށުގައި މަގާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުން
މި ދާއިރާއިން ހިންގަން ހިމަނާފައިވަނީ އެންމެ މަޝްރޫޢު އެކެވެ. އެއީ:
* ހައިޕަރޕޯމަންސް ސެންޓަރުތައް ޤާއިމުކުރުން
މި ދާއިރާއިން ހަތަރު މަޝްރޫޢުއެއް ވަނީ ހިމަނާފަ އެވެ. އެއީ:
* ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ޕްލާންޓް މަރާމާތުކޮށް އަޕްގުރޭޑް ކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމު އަޕްގުރޭޑްކޮށް އެކްސްޓެންޑް ކުރުން
* ފަނާވާ ޒާތުގެ ކުނިން ކާދުހަދާ ޕްލާންޓް (ކޮމްޕޯސްޓިންގ ޕްލާންޓް) 50 ރަށެއްގައި ޤާއިމުކުރުން
* 10 ރަށެއްގައި ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމުކުރުން (ސިވިލް ވަރކްސް އާއި ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް)
* ވޭސްޓް ޓްރާސްފަރ ސްޓޭޝަން ޤާއިމުކުރުން