ENGLISH

22 ޖޫން 2026

Advertisement

ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް އަވަސް ޙައްލެއް ގެންނަނީ

22 ޖޫން 2026

|

އަޙުމަދު ޙަމީދު

އީދު ޖަމާއަތް --

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ މި މައްސަލަ ރަށްތަކުގައި ދިމާވެފައި ވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން ކަން ފާހަގަ ވެފައިވާ ކަމަށެވެ.

މި މައްސަލަ އަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މިނިސްޓްރީން ދަނީ މަޝްވަރާ ކުރަމުން ކަމުގައި ވަޒީރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.

އިމާމުން އުފެއްދުމާއި އިމާމުންގެ ފެންވަރު މަތިކުރުމަށް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އިމާމުންނަކީ އެކަށީގެންވާ މުސާރައެއް ލިބޭ ބަޔަކަށް ވެސް ސަރުކާރުން ވަނީ ހަދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު