ENGLISH

25 އޭޕްރީލު 2025

Advertisement

ސުއިމިން ޕޫލު އަޅައި ތަފާތު ވިޔަފާރިތައް ކުރުމަށް ސ. މީދޫން 25 ބިން ކުއްޔަށް ދޫކުރަން ހުޅުވާލައިފި

24 އޭޕްރީލު 2025

|

އަހުމަދު ސައީދު

ސ. ހުޅުމީދޫ: ބިން ކުއްޔަށް ދޫކުރަނީ މީދޫ އަވަށުން-- ފޮޓޯ/ޓައިމްސްއޮފްއައްޑޫ

ދެ ސުއިމިން ޕޫލާއި ތަފާތު ވިޔަފާރިތައް ކުރުމަށް ސ. މީދޫން 25 ބިން ކުންޔަށް ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި އަންގާރަ ދުވަހު ޝާއިއުކުރި އިލާނެއްގައި ބުނެފައިވާ ގޮތުގައި މި ބިންތައް ދޫކުރަނީ މީދޫ އަވަށުގެ ކޮމާޝަލް ޒޯން އާއި ލައިޓް އިންޑަސްޓްރިއަލް ޒޯނު އަދި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޒޯނުންނެވެ. ތަފާތު ވިޔަފާރިތައް ކުރުމަށް ދޫކުރާ ބިންތަކުގެ ތެރޭގައި 1،000 އަކަފުން ފެށިގެން 12،000 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ބިންތައް ހިމެނެއެވެ. 

ކޮމާޝަލް ޒޯނުން ސުއިމިންޕޫލް އެޅުމަށް ދޫކުރަނީ 1،000 އަކަފޫޓުގެ ދެ ބިމެވެ. އެންމެ ބޮޑު ބިމެއް ދޫކުރަނީ ލައިޓް އިންޑަސްޓްރިއަލް ޒޯނުން ގުދަން ކުރުމަށެވެ. އެއީ 12،310 އަކަފޫޓުގެ ބިމެކެވެ. ބިން ދޫކުރާ އިތުރު މަސައްކަތްތަކުގެ ތެރޭގައި އާންމު ވިޔަފާރި، ރެސްޓޯރަންޓް ހިންގުން، ސެލޫން އެންޑް ސްޕާ ހިންގުން، ކޮފީ ސޮޕް، ރެސްޓޯރަންޓް، ތެޔޮ ރައްކާކުރުން އަދި ވަޑާމާއި ގާއެޅުން ފަދަ މަސައްކަތްތައް ވެސް ހިމެނެ އެވެ.

ކައުންސިލުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އަމިލަ ފަރުދުންނާއި ކުންފުނި އަދި ޕާޓްނާޝިޕްތަކަށް 300ރ. ގެ ފީއެއް ދައްކައިގެން ބީލަމުގައި ބައިވެރިވެވޭނެއެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އިއްޔެއިން ފެށިގެން މޭ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވާން ޖެހެއެވެ. ބީލަން ބަލައިގަންނަން ހަމަޖައްސާފައިވަނީ މޭ 21 ވަނަ ދުވަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު