ENGLISH

24 އޭޕްރީލު 2025

Advertisement

ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ކުދިންގެ ޤާބިލުކަން ފާހަގަކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވެއްޖެ

24 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ރައީސް މުޢިއްޒު.. ފޮޓޯ: ރައީސް އޮފީސް

ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ކުދިންގެ ޤާބިލުކަން ފާހަގަކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ގާލްސް އިން އައިސީޓީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޢުލޫމާތާއި މުޢާމަލާތާއި ފަންނިއްޔާތުގެ ދާއިރާގައި ކުރިއަރަމުން އަންނަ އަންހެނުންގެ ދައުރު މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ފަންނިއްޔާތަށް އަހުލުވެރި ޤައުމެއް ބިނާކުރުމަށް ތަޢުލީމު ޙާސިލުކުރެވި، ފަންނިއްޔާތުގެ ހުނަރުތައް ލިބިގަނެވޭނެ މަގު ފަހިވާ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އަދި ވިދާޅުވީ އަންހެން ކުދިންގެ ތަޢުލީމާއި ބާރުވެރިކަމަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.

ގާލްސް އިން އައިސީޓީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ހަތަރުވަނަ ބުރާސްފަތި ދުވަހުއެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މަޢުލޫމާތާއި ފަންނިއްޔާތާއި މުޢާމަލާތު ކުރުމާ ގުޅުންހުރި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. އަދި އަންހެނުން ހޯދާ ކުރިއެރުންތައް ފާހަގަކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު