ENGLISH

09 މޭ 2025

Advertisement

ސުލްހަވެރިކަން ބިނާވަނީ މަޝްވަރާއާއި އިންސާފަށް: ރައީސް

24 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

ރައީސް ޑރ. މުހައްމަދު މުއިއްޒު

ސުލްހަވެރިކަން ބިނާވަނީ މަޝްވަރާ އާއި އިންސާފުގެ މައްޗަށް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސުލްހައަށްޓަކައި ޑިޕްލޮމަސީއާއި ގިނަ ދައުލަތް ބައިވެރިވާ ގުޅުންތަކުގެ ބައިނަލްއަގްވާމީ ދުވަހާއި ގުޅުވައި އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުންދަނީ، ހަމަނުޖެހުންތަކާއި ނަހަމަކަމާއި މޫސުމީ ބަދަލުތަކުގެ ތެރޭގައިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ސުލްހަވެރިކަން ބިނާވަނީ ހަމައެކަނި ހަނގުރާމަތައް ނުކުރުމުގެ މައްޗަށް ނޫންކަން ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ސުލްހަވެރިކަމަށްޓަކައި މަޝްވަރާ އާއި، އިންސާފާއި ވަށާޖެހޭ ފިޔަވަޅުތަކެވެ.

ރައީސް ވިދާޅުވީ ބައިބައިވެފައިވާ މި ދުނިޔޭގައި ވެސް ގައުމުތަކުން ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތް ކޮށް އިތުބާރު ދަމަހައްޓަމުންދާތީ އެކަމުން އުއްމީދު ލިބިގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު