ENGLISH

09 މޭ 2025

Advertisement

ރައުދު އެއްބާރުލުން ނުދޭތީ ހައްޔަރުކުރަން ކޯޓު އަމުރަކަށް ވާނީ އެދިފައި: ޑީސީޕީ ނަވީން

24 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ހ. ފެންޓެނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތް ހާދިސާގެ ތަހުގީގަށް، އެ އަންހެން މީހާއާ އެންމެ ފަހުން ދިމާވެފައިވާ ރައުދު އަހުމަދު ޒިލާލް، އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް (ޑީސީޕީ) އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ޑީސީޕީ މި ފަދައިން ވިދާޅުވީ މި ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ ފެންޓޯނިއާގޭގެ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގާފައިވާކަން ފާހަގަކުރައްވާ ނަވީން ވިދާޅުވީ އެކަމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ބައްލަވާނެ ކަމަށެވެ.

ނަވީން ވިދަޅުވީ، އާންމުން އެކަމުގައި އުފައްދާ ސުވާލުތަކާ އެކު އެކަން އިތުރަށް ކަށަވަރުކުރުމަށް ސީން ރިކޮންސްޓްރަކްޓްކޮށްގެން ބެލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާއާއި، ރައުދު ފެންޓޯނިއާގޭގެ ސިޑިމަތީގައި އުޅުނު ވީޑިއޯ ފުޓޭޖްތައް ވެސް ޕްރެސް ކޮންފަރެންސްގައި ވަނީ ދައްކާފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު އެ ދެ ޒުވާނުން ނޫން އިތުރު މީހަކު އެގޭތެރެއިން ނުފެނެއެވެ.

ނަވީން ވިދާޅުވީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.

ފުލުހުން ވަނީ އެ ދެމީހުންގެ އިތުރުން އިތުރު ބައެއްގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަކީ:

  • ރައުދު އަހުމަދު ޒިލާލް، ގ. އެރިޔަދޫ
  •  އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
  • އިޒްދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒް
  •  އައިމިނަތު ޖުނައިނާ ޖަމްޝީދު، މ. ތިލަފަޅު
  •  ހުސައިން ހަމީސް އަލީ، އަލި، ނ. ވެލިދޫ
  •  އިޖާޒް ޖާއިޒް، މާތޮޑާ އަވަށް، ގދ. ފަރެސްމާތޮޑާ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫނު މިއަދު ވަނީ މަޤާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު