ENGLISH

09 މޭ 2025

Advertisement

އެމްއެމްޓީވީއިން ޝާއިޢުކުރި ޚަބަރެއް ކަމަށް ބުނެ ސްކްރީން ޝޮޓްތަކެއް ހަދައިގެން ފަތުރަނީ ދޮގު ވާހަކައެއް

24 އޭޕްރީލު 2025

|

ހަސަން އާމިރު

އެމްއެމްޓީވީއިން ޝާއިޢުކުރި ޚަބަރެއްކަމަށް ބުނެ ސްކްރީން ޝޮޓްތަކެއް ހަދައިގެން ދޮގު ޚަބަރެއް ސޯޝަލް މީޑިއާގައި ފަތުރަމުން ދާތީ، އެކަން ދިވެހި ރައްޔިތުންގެ ސަމާލުކަމަށް ގެންނަމެވެ.

ސޯޝަލް މީޑިއާގައި، އެމްއެމްޓީވީގެ ވެބްސައިޓުގައި ޝާއިޢުކުރި ޚަބަރެއް ކަމަށް ބުނެ، ބަޔަކު ހަދައިގެން ދައުރު ކުރަމުން ގެންދާ ސްކްރީން ޝޮޓްތަކުގައި، ރައީސުލްޖުމްހޫރިއްޔާ އެމްއެމް ޓީވީއަށް ބަސްދީގަތުމެއް ދެއްވި ކަމަށް ބުނެފައިވާއިރު، އެމްއެމް ޓީވީ އުފެދުނީއްސުރެ މިއަދާއި ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި މީޑިއާއަށް އެއްވެސް ސިފައެއްގައި ބަސްދީގަތުމެއް ދެއްވާފައެއް ނުވެއެވެ. އަދި މި މީޑިއާއިން ލިޔުނު ވަކި ޚަބަރަކަށް މަޢުލޫމާތެއްވެސް ދެއްވާފައެއް ނުވެއެވެ.

އެމްއެމް ޓީވީ އުފެދުނީއްސުރެ ބަޔަކު ދަނީ، މި މީޑިއާގެ އަގު ވައްޓާލުމަށްޓަކައި އެކި ކަހަލަ ތުހުމަތުތައް އަޅުވައި ދޮގު ވާހަކަތައް ކެނޑިނޭޅި ފަތުރަމުންނެވެ. މިއީ ސައްޙަ މަޢުލޫމާތާއި ޕްރޮފެޝަނަލް ނޫސްވެރިކަން ކުރިއަރުވައި އާންމުންނަށް އިތުބާރު ކުރެވޭ ތެދު މަޢުލޫމާތު ގެނެސްދިނުމަށް އެމްއެމް ޓީވީން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައި މި މީޑިއާ އާއި މި މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިންގެ އަގު ވައްޓާލުމަށް ކުރަމުންދާ މަސައްކަތެއްކަމުން މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

މިފަދަ ދޮގު ވާހަކަތަކާއި ތުހުމަތުތަކަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭ ތެދު ޚަބަރާއި މަޢުލޫމާތު އާންމުންނާ ހަމައަށް ތާޒާކަމާއެކު ގެނެސްދީ ރާއްޖޭގެ އެއްވަނަ މީޑިއާއަށް އެމްއެމްޓީވީ ހެދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވޭނެ ކަމެއް ނޫންކަންވެސް ފާހަގަކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު