ENGLISH

09 މޭ 2025

Advertisement

ރައީސް އޮފީހުގެ އިޒްދިޔާން މަގާމުން ވަކިކޮށް، ދާއޫދު ސަސްޕެންޑްކޮށްފި

24 އޭޕްރީލު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން، އެ މަގާމުން މިއަދު ވަކިކުރައްވައިފި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކުރައްވައިފި އެވެ. 

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

 ދާއޫދަކީ "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މީހެކެވެ. ހީނާ ވިދާޅުވީ އެ ކޮމިޓީއިން އިސްތިޢުފާ ދެއްވުމަށް އޭނާ ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު