ENGLISH

09 މޭ 2025

Advertisement

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރު އަޙްމަދު އިސްތިޢުފާ ދެއްވައިފި

24 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑުން އަހްމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީ އިން ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރު މއ. ވޭސައިޑް އަހްމަދު އަލީ އިއްޔެ އިސްތިއުފާ ހުށަހަޅުއްވާފައި ވާތީ އޭނާގެ އިސްތިއުފާ ގަބޫލު ކޮށްފައިވާ ކަމަށެވެ.

ކުރިން މީރާގެ އިސް މަގާމުތައް އަދާކުރެއްވި އަޙްމަދު ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް އައްޔަންކުރައްވާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.

އަހްމަދު އަލީ ވަނީ އެކައުންޓިން ދާއިރާއިންނާއި ޝަރީއާ އިން ލޯ އިން ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަހްމަދު މާސްޓާސް ހެއްދެވީ ސައިންސް އިން ފައިނޭންސިންގެ ދާއިރާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު