ENGLISH

09 މޭ 2025

Advertisement

ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން އަދާހަަމަކުރުމަށް މަސައްކަތު ބައްދަލްވެއް ބާއްވައިފި

24 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން އަދާހަަމަކުރުމަށް ބޭއްވި މަސައްކަތު ބައްދަލްވުން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާއެއްކަމަށްވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕަރސިސްޓެންޓް އޯރގާނިކް ޕޮލިއުޓެންޓްސްގެ ދަށުން ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން އަޕްޑޭޓްކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ކަމާގުޅޭ އިދާރާތަކާއި އެކު މިއަދުމަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ. 

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ، ރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕަރސިސްޓެންޓް އޯރގާނިކް ޕޮލިއުޓެންޓްސް މުއާހަދާ ގެ ދަށުން 2017 ގައި ރާއްޖެއިން ތައްޔާރުކޮށްފައިވާ ފުރަތަމަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ރިވިއު ކޮށް މުރާޖައާ ކުރުން ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

ޕަރސިސްޓެންޓް އޯރގާނިކް ޕޮލިއުޓެންޓްސް ނުވަތަ ޕޮޕްސް އަކީ އިންސާނުން ގެންގުޅޭ ނުރައްކާތެރި ކެމިކަލް މާއްދާތަކުގެ ތެރެއިން ގިނަދުވަސްތަކެއް ވަންދެން ފަނާނުވެ، މާހައުލުގައި ގިނަ ޒަމާންތަކެއް ވަންދެން ދެމިހުންނަ ކެމިކަލްތަކެވެ.

މި މަސައްކަތު ބައްދަލުވުމުގައި 15 އިދާރާއަކުން، 25 މަންދޫބަކު ވަނީ ބައިވެރިވެފަ އެވެ. 

ޕޮޕްސް ކެމިކަލްތައް ނައްތާލުމަށް 2017 ގައި އެ ވުޒާރާ އިން އެކުލަވާފާފައިވާ ތަންފީޒީ ޕްލޭނަށް ބިނާކޮށް އަދި މި ޕްލޭންގައި ޕޮޕްސް ކެމިކަލް އެކުލެވޭ ކަމަށް ލަފާ ކުރެވޭ ކެމިކަލްތައް ފާހަގަ ކޮށް މިނިސްޓްރީ އިން ވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީގެ މަޝްރޫއުއެއް ވަނީ ފަށާފަ އެވެ.

އެ މަޝްރޫއުގެ ދަށުން 24 ޓަނުގެ ޕޮޕްސް ކެމިކަލެއް ކަމަށްވާ ޕޮލީކްލޮރިނޭޓަޑް ބައިފީނައިލް ހިމެނޭ އޮއިލް އަދި އިކިއުޕްމަންޓް ވަނީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ރާއްޖެއިން ބޭރުގެ ފެސިލިޓީއަކަށް ފޮނުވާފައެވެ.

އަދި މީގެ އިތުރުން ހއ. ބާރަށުގެ ސިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖް ކުރުމަށް ޚާއްސަ ތަނެއް ގާއިމުކޮށް އެތަން ވަނީ ސިއްޙީ ވުޒާރާއާއި ހަވާލުކޮށްފަ އެވެ.

މަޤްސަދަކީ ތިމާވެއްޓާއި ރައްކާތެރި އުސޫލުތަކުގެ ދަށުން ކުނި ވެއްޓަށް ބޭރުވިޔަ ނުދީ ހިފެހެއްޓޭނެ ގޮތްތައް ފަހިކުރުމެވެ، އެ ވުޒާރާ އިން ބުނީ ނެޝަނަލް ހެލްތު ލެބޯޓަރީ ގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ހެވީ މެޓަލް ކެމިކަލް ޓެސްޓުކުރުމަށް މެޝިނު ފޯރުކޮށްދިނުމަށް ވެސް ސިއްހީ ވުޒާރާ އާއި އެކު ފަހުމުނާމާ އެއްގައި ސޮއިކޮށްފައިވާ ކަމަށެވެ

އެހެން ކަމުން މިއަދު ބޭއްވުނު ބައްދަލުވުމުގައި މުރާޖައާ ކުރަން ފަށާ ޕްލޭން އިން، ރާއްޖޭގައި ހުރިކަމަށް ފާހަގަވާ ނުރައްކާތެރި ކެމިކަލްތަކަކީ ކޮބައިކަމާއި، މި ކެމިކަލްތައް މެނޭޖް ކުރާނެ ގޮތްތައް ދެނެގަނެވިގެން ދާނެ ކަމަށެވެ.

އަދި މި ހޯދުންތަކަށް ބިނާކޮށް، ރާއްޖޭގައި ކެމިކަލް މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް މަގުފަހިވާނެ ކަމަށާ ސަރުކާރުގެ އަމާޒަކީ އާންމު ސިއްހަތު ރައްކާތެރިކޮށް، އިކޯސިސްޓަމްސް ހިމާޔަތްކޮށް، ސާފު ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތް ކުރުން ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ބުންޏެވެ.  

ކިޔުންތެރިންގެ ހިޔާލު