ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

ފެނާއި ނަރުދަމާގެ ޚިދުމަތުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ޢަމަލު ކުރާނެ ގޮތުގެ ގައިޑްބުކް ނެރެފި

23 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ފެނާއި ނަރުދަމާގެ ޚިދުމަތުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ޢަމަލު ކުރާނެ ގޮތުގެ ގައިޑްބުކް ނެރުން -- ފޮޓޯ: މިނިސްޓްރީ

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ޢަމަލު ކުރާނެ ގޮތްތައް ކަނޑައަޅާ ޕްލޭން ވޯޓާ އެންޑް ސްވަރޭޖް އިމަޖަންސީ ރެސްޕޮންސް ޕްލޭން (ޑަބްލިއު.އެސް.އީ.ޕީގައިޑްބުކް އަދި ޓެމްޕްލޭޓްތަކަށް ޔުޓިލިޓީތައް އަހުލުވެރި ކުރުމުގެ ޓްރޭނިން ޕްރޮގްރާމެއް ބާއްވައިފި އެވެ.

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާބެހޭ އާންމު ގަވާއިދުގެ ދަށުން، މި ނިޒާމުތަކާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން، ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް މި ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން، މި މިނިސްޓްރީއިން ޑަބްލިއު.އެޗް.އޯ ގެ އެހީގައި ވަނީ ޚާއްޞަ ގައިޑްފޮތަކާއި ޓެމްޕްލޭޓްތަކެއް ތައްޔާރުކޮށްފައެވެ. މިއީ ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ކުރިމަތިވެދާނެ ކާރިސާތަކާއި އިމަޖަންސީތަކުން އަރައިގަތުމަށް ބޭނުންވާ އިމަޖަންސީ ޕްލޭން ތައްޔާރުކުރުމަށް  ޚާއްޞަކޮށްގެން ތައްޔާރު ކުރެވުނު މިބާވަތުގެ ފުރަތަމަ ގައިޑްފޮތެވެ. 

މި ގައިޑްފޮތުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެދާނެ ކުއްލި ހާލަތެއް ނުވަތަ ކާރިސާއަކަށް ތައްޔާރުވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، ފެނާއި ނަރުދަމާގެ ނިޒާމަށް ކުރިމަތިވެދާނެ ހިރާސްތައް ވަޒަންކުރުމާއި، އެކަމަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅުތައް ދެނެގަތުން ހިމެނިފައިވެ އެވެ.

މީގެ އިތުރުން، ކުއްލި ހާލަތެއް ނުވަތަ ކާރިސާއެއް ކުރިމަތިވުމުން އިޖާބަދޭނެ ގޮތާއި، އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލެވިގެންވެއެވެ. މިސާލަކަށް ފެނުގެ ކުއަލިޓީއާއި ގުޅޭ މައްސަލަތަކާއި، ނަޖިސްފެން ލީކުވުމާއި، އުދައެރުން، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގެއްލުން ލިބުން ފަދަ ހާލަތްތަކަށް މި ޕްލޭންގައި އަލިއަޅުވާލާފައިވެ އެވެ.

އަދި މި ޕްލޭންގެ ސަބަބުން ޢާންމު ޞިއްޙަތު ރައްކާތެރިކަން ކަށަވަރުވެ، ފެނުގެ ކުއަލިޓީ ކަށަވަރު ކުރެވި، ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި، ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރާނެ ގޮތްތަކާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ އަރައްކާތަކާއި ހާދިސާތަކުގެ ހިރާސް މެނޭޖު ކުރެވިގެންދާނެއެވެ.

މި ގައިޑްފޮތާއި އެކު ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ކުރިމަތިވެދާނެ އިމަޖަންސީތަކުގައި ޢަމަލު ކުރާނެ ގޮތްތައް ކަނޑައަޅާ ޕްލޭންތައް ޔުޓިލިޓީތަކުން އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި މި ގައިޑްފޮތުގެ އެހީގައި ޔުޓިލިޓީތަކުން ތައްޔާރުކުރާ އިމަޖަންސީ ޕްލޭންތައް ވެގެންދާނީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޕްލޭންއަކަށެވެ.

މި ފޮތް ނެރެދެއްވީ މިނިސްޓަރު ތޯރިޤް އިބްރާހިމެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގައި މިހާރު ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރެވިފައެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 91 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅޭ 133 ރަށެއްގައި ފެނުގެ ނިޒާމާއި، 93 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅޭ 144 ރަށެއްގައި ނަރުދަމާގެ ނިޒާމު ވަނީ ޤާއިމްކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު