ENGLISH
09 މޭ 2025
"ގާލަސް" ޕްރޮގްރާމް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދަނީ
23 އޭޕްރީލު 2025
|
"ގާލަސް" ޕްރަގްރާމް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދަން މަޝްވަރާ ކުރުން --
މޯލްޑިވެސް އެގްރިބިޒްނަސް (މެޕް) އިން ކުރިޔަށް ގެންދާ ޖެންޑަރ އެކްޝަން ލާރނިންގ ސިސްޓަމް (ގާލްސް) ޕްރޮގުރާމުގެ ދަށުން ހިންގޭ ތަމްރީނު ޕްރޮގްރާމު, އިޖްތިމާއީ އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާ އާއި ގުޅިގެން ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އިން މިއަދު ބުނީ ގާލްސް ޕްރޮގުރާމުގެ ދަށުން ހިންގޭ ތަމްރީނުތައް ހއ އަދި ގއ އަތޮޅުގައި ކުރިއަށް ގެންދާއިރު އިޖްތިމާއީ އަދި އާއިލީ ތަރައްޤީ އާއި ބެހޭ ވުޒާރާ އާއި ގުޅިގެން ކުރިޔަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ޖެންޑަރ އެކްޝަން ލާރނިންގ ސިސްޓަމް (ގާލްސް) ޕްރޮގުރާމް ގެ ދަށުން މިހާރުވެސް އުތުރުގެ ތިން އަތޮޅުގައި ތަމްރީން ޕްރޮގްރާމް އަންނަނީ ހިންގަމުންމެވެ. ތަމްރީން ތަކުގެ ތެރޭގައި، ދާއިރާއަށް ބޭނުންވާ ގިނަ ކަންތައްތައް ހިމެނިފައިވާއިރު އެންމެ މުހިންމުކަމެއްގެ ގޮތުގައި ހިންގާ އެއް ތަމްރީން އަކީ ދަނޑުވެރިކަމުގައި ދެޖިންސުގެ ހަމަމަމަކަން ޤާއިމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމް އެވެ.
މިއީ ދަނޑުވެރިކަމުގެ ކޮމިއުނިޓީ ބާރުވެރިކުރުވުމާއި އަމިއްލަ ނަފްސަށް ތަސައްވަރެއް ކަނޑައަޅާ އެކަމަށް ޕްލޭންކުރުމާއި ހާސިލުކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމަށް ޙައްލު ހޯދާނެ ގޮތްތަކަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
މީގެ އިތުރުން ގާލްސް ޕްރޮގްރާމްގައި ހިމެނެނީ ދަނޑުވެރިކަމުގެ އެކިއެކި މަރުހަލާތަކާއި ގުޅުން ހުރި ޕްރޮގްރާމްތަކުގެ އިތުރުން ދަނޑުވެރިކަމާއި ގުޅުންހުރި ތަފާތު ޕްރޮގްރާމްތަކެވެ. މިގޮތުން ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ގަރާންޑް ސްކީމެއްގެ ދަށުން ކުރިޔަށްގެންދެއެވެ. އަދި ފުޑް ސެކިއުރިޓީ، ނިއުޓްރިޝަން އެވެއަރނެސް ޕްރޮގްރާމްތައްވެސް އަންނަނީ ދަނޑުވެރިންނަށް ފޯރުކޮށްދެމުންނެވެ.