ENGLISH

09 މޭ 2025

Advertisement

އާރުސީސީ އިން ކުޑަހުވަދޫގައި އެޕާޓްމަންޓްތަކެއް އަޅަން ނިންމައިފި

23 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ކުޑަހުވަދޫގައި އާރުސީސީން އެޅުމަށް ނިންމާފައިވާ އެޕާޓްމަންޓްތަކުގެ ކުރެހުމެއް. އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފަ. ފޮޓޯ: އާރުސީސީ

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން (އާރުސީސީ) ދ. ކުޑަހުވަދޫގައި އެޕާޓްމަންޓްތަކެއް އަޅަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

އާރުސީސީ އިން ކުޑަހުވަދޫގައި ފްލެޓްތައް އަޅާނީ ހަތަރު ޓަވަރުގައެވެ. އެގޮތުން އެ ހަތަރު ޓަވަރުގައި ޖުމްލަ 160 އެޕާޓްމަންޓް ހިމެނޭނެކަމަށް އާރުސީސީ އިން ބުނެފައިވެއެވެ. "މާވޭރު" ގެ ނަމުގައި ކުރިއަށްގެންދާ މަޝްރޫއުގައި މުޅިން ވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ. އެންމެ ކުޑަ އެޕާޓްމަންޓުގެ ސައިޒަކީ 1117 އަކަފޫޓެވެ. އަދި، އެންމެ ބޮޑު އެޕާޓްމަންޓުގެ ސައިޒަކީ 1120 އަކަފޫޓެވެ. 

ކުޑަހުވަދޫގައި އެޅުމަށް ނިންމާފައިވާ އެޕާޓްމަންޓްތަކުގެ ކުރެހުން. ފޮޓޯ: އާރުސީސީ

އާރުސީސީ އިން މިހާރު ވަނީ ދ. ކުޑަހުވަދޫގައި އެޅުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓްތަކުގެ ތެރެއިން "ޓަވަރު އޭ" އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ. ކުޑަހުވަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ޝިހާމެވެ. 

އާރުސީސީން ކުޑަހުވަދޫގައި ތަރައްގީކުރާ އެޕާޓްމަންޓުގެ ސިޓިން ރޫމްގެ ކުރެހުމެއް. ފޮޓޯ: އާރުސީސީ

އާރުސީސީ އިން ބުނީ ޓަވަރުތައް ނިމޭއިރު ޕާކެއް ތަރައްގީކުރުމާއެކު ދުއްވާ އުޅަނދު ފަސޭހައިން ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. 

އާބާދީގައި 3500 މީހުން ދިރިއުޅޭ ކުޑަހުވަދޫ އަކީ އެއާޕޯޓާ އެކު އެހެނިހެން ހިދުމަތްތައް ފުޅާވެފައިވާ ރަށެވެ. އަދި، މިހާރު އެރަށުގައި އަންނަނީ ގެސްޓްހައުސްގެ ވިޔަފާރިވެސް ފުޅާވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު