ENGLISH
09 މޭ 2025
އެމްޕީއެލްގެ ބޯޑް މެންބަރު ކަމަށް ވަހީދު އައްޔަނު ކުރައްވައިފި
23 އޭޕްރީލު 2025
|
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ހއ. ފިއްލަދޫ، މަބުސްތާނުގެ، މުޙައްމަދު ވަޙީދު އައްޔަނު ކުރެއްވުން --
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ޕީސީބީން މިއަދު ބުނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ހއ. ފިއްލަދޫ، މަބުސްތާނުގެ، މުޙައްމަދު ވަޙީދު އައްޔަނު ކޮށްފައިވާ ކަމަށެވެ.
ވަޙީދު ކުރީން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑް މެންބަރުގެ މަޤާމުގަ އެވެ. އެޗްޑީސީގެ ބޯޑު މެންބަރު ކަމުން އޭނާ ވަކި ކުރެއްވީ މިމަހުގެ 6 ވަނަ ދުވަހު އެވެ. ވަހީދު އެޗްޑީސީގެ ބޯޑަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އޭނާ ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަދި ހައުސިން މިނިސްޓްރީގައި ވެސް ކުރީން މަސައްކަތް ކުރައްވާފަ އެވެ.