ENGLISH

09 މޭ 2025

Advertisement

މިރޭ ސަލްމާަން މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާނީ ޑރ.ބުދައިރު

23 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ޑރ.ބުދައިރީ އިސްލާމީ މަރުކަޒުގެ ޖަމާޢަތުގެ ނަމާދުގައި ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިރޭ ސަލްމާނު މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާނީ މަސްޖިދުއް ނަބަވީގެ އިމާމު ޑރ.ޞަލާޙުލް ބުދައިރުކަމަަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން ބުނެފައިވަނީ މިއީ ޑރ.ޞަލާޙުލް ބުދައިރު މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިމާމުވެ ނަމާދުކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ. ޑރ.ޞަލާޙުގެ މި ދަތުރުފުޅަކީ ދެ ޙަރަމުގެ އިމާމަކު 40 އަހަރު ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 

ރީތިކޮށް ކީރިތި ޤުރުއާން ކިޔަވައިވިދާޅުވުމަށް މަޝްހޫރު ޑރ.ޞަލާޙަކީ ދެ ޙަރަމްފުޅުގައި ނަމާދުކުރާ ގިނަ ބައެއްގެ މެދުގައި މަޤުބޫލު އިމާމެކެވެ. މިރޭ ސަލްމާނު މިސްކިތުގައި މަޣުރިބު ނަމާދާއި ޢިޝާ ނަމާދު އިމާމުވެކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިއީ ދެ ޙަރަމުންކުރެ ޙަރަމެއްގެ އިމާމެއްގެ ފަހަތުގައި ނަމާދުކޮށްލަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަަތެކެވެ. 

މިރޭ ސަލްމާން މިސްކިތުގައި މަޣުރިބު ނަމާދާއި ޢިޝާ ނަމާދު ކުރެއްވުމުގެ އިތުރަށް މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނާމާދުކުރެއްވުމާއެކު، އެ ނަމާދަށްފަހު ހާއްސަ ދަރުހެއް އެ މިސްކިތުގައި ބުދައިރު ދެއްވާނެއެވެ. 

ޑރ.ބުދައިރު ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގެންނެވީ ފަސް ދުވަހުގެ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހަށް ޑރ.ބުދައިރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާއިރު، އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ހުކުރު މިސްކިތަށް ވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު