ENGLISH

09 މޭ 2025

Advertisement

ޓާރޝަރީ ފެންވަރަށް ގެނައުމަށް ތިން ހޮސްޕިޓަލެއްގެ މަސައްކަތް ހަވާލުކޮށްފި

23 އޭޕްރީލު 2025

|

މުރުޝިދު އަބްދުލް ޙަކީމް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް  ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އައު ޢިމާރާތުގެ މަސައްކަތާއި ޅ. ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި  އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް  ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާ އެވެ. ހެލްތް މިނިސްޓްރީން މިއަދު ބުނީ މި ޕްރޮޖެކްޓްތަކުގެ ދަށުން ޤާއިމްކުރެވޭ އައު ޢިމާރާތް ނިމި ބޭނުންކުރަން ފެށުމާއެކު، މި ދެ ހޮސްޕިޓަލުން ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލްގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޅ.ނައިފަރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ހިދުމަތްދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ކޯޕަރޭޝަން އާއެވެ.

ކިޔުންތެރިންގެ ހިޔާލު