ENGLISH
09 މޭ 2025
ސީއެސްސީގެ ނައިބު ރައީސްކަމަށް މުޖުތާޒު އައްޔަންކުރަން ފޮނުއްވައިފި
23 އޭޕްރީލު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ސީއެސްސީގެ ނައިބުރައީސްކަމަށް އައްޔަންކުރެއްވުމަށް ނަން ފޮނުއްވާފައިވާ މުހައްމަދު މުޖުތާޒު، ފޮޓޯ: ރައީސް އޮފީސް
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބުރައީސްގެ މަޤާމަަށް ދާދި ފަހުން އެ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވާ މުހައްމަދު މުޖުތާޒު އައްޔަންކުރެއްވުމަށް އޭނާގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދ މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ސީއެސްސީގެ ނައިބުރައީސްގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހީމް ރަޝީދު ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފެށުމާ ގުޅިގެން އެ މަގާމުން އޭނާ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އިބްރާހީމް ރަޝީދު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވި ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާއޒު އައްޔަންކުރަން މަޖިލީހުން ރުހުން ދިނުމާއެކު އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ފާއިތުވި އާދީއްތަދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓު މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ މުޖުތާޒަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރައްވާފައިވާ ގާނޫނީ ވަކީލެކެވެ.
ސީއެސްސީގައި މިވަގުތު ތިއްބެވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިހާއި، މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ފަރުސަތާއި، ފާތިމަތު ޝަރީފާއި، ފާތިމަތު ހަބީބާއެވެ.