ENGLISH

09 މޭ 2025

Advertisement

އެމްޑީޕީން ސަރުކާރުން ނެގި ލޯނުތަކުން ރައްޔިތުންނަށްވީ އެއްވެސް ފައިދާއެއް ނެތް: މަމްދޫހް

23 އޭޕްރީލު 2025

|

ޢަލީ ޝާހީން

އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔައީ 120 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއިން ގައުމު ދަރުވާލާފައި ކަމަށާއި ނެގި އެއްވެސް ލޯނަކުން ރައްޔިތުންނަށްވީ އެއްވެސް ފައިދާއެއް ނެތްކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަމްދޫހް ވިދާޅުވީ، އެމްޑިޕީން ގައުމު ދަރުވާލި ވާހަކަ ތަކުރާރުކޮށް ދައްކަވާނެކަމަށާއި، އެހެންނަމަވެސް އެމްޑިޕީން ފުނޑާލި އިޤްތިސާދް މިސަރުކާރުން މިދަނީ މަޑުމަޑުން ކޮޅަށް ނަގަމުންކަމަށެވެ. އަދި މި އިޤތިސާދުގެ ތެރެއިން ރައްޔިތުން އެދުނު ކަންކްން ކޮށްދޭން މިސަރުކާރުން އަންނީ ޖާގަތަށް ހުޅުވަމުންކަމަށާއި އެޖާގަތަކުގެ ތެރެއިން މިއަހަރު ފެނިގެންދާނީ ރާއްޖޭގެ ރަށްރަށުގައި ޕްރޮޖެކްޓްތަށް ހިނގާތަންކަމަށް މަމްދޫހް ވިދާޅުވިއެވެ.

"2013 ވަނަ އަހަރު އަޅުގަނޑުމެންގެ ސަރުކާރެއްގައިވެސް އަޅުގަނޑުމެންނަށް ޕްރޮޖެކްޓްތަށް ފަށައިގަނެވުނީ ވެރިކަމުގެ ތިންވަނަ އަހަރު، އެމްޑިޕީގެ ސަރުކާރުގައި ކަންތަށްތަކެއް ފަށައިގަނެވުނީ ވެރިކަމުގެ ތިންވަނަ އަހަރު އެހެންނަމަވެސް އަޅުގަނޑުމެންގެ މިސަރުކާރުން ވެރިކަމުގެ ދެވަނަ އަހަރު ދިވެހި ލޮބުވެރި ރައްޔިތުންއެދުނު ކަންތައްތަކުގެ އަމަލީ މަސައްކަތް ވެރިކަމުގެ ދެވަނަ އަހަރު ފަށައިގެން ކުރިއަށް ގެންދާތަން މިއަދުވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް މިދަނީ ފެންނަމުން" މަމްދޫހް ވިދާޅުވިއެވެ.

މީގެ އިތުރުން މަމްދޫހް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ނުލިބޭނެކަން ޔަގީންވީމަ މިސަރުކާރަށް ވެރިކަން ހިންގަން އުނދަގޫވާނެ ހުރިހާ ކަމެއް ކުރެވޭތޯ އެމްޑީޕީން ބެލިކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ނަމުގައި ނެގި ލޯނުތައް ހަރަދުކުރީ އެމްޑީޕީގެ އޭރުގެ ލީޑާޝިޕްގައި ތިބި ބޭފުޅުންނަށްކަމަށާއި މިގައުމަށް ފައިދާވާނެ އެއްވެސް ކަމެއް ކޮށްފައޮތްތަނެއް ފެންނަން ނެތްކަމަށް މަމްދޫހް ވިދާޅުވިއެވެ.

މިސަރުކާރަކީ ދިވެހި ރާއްޖޭގެ ތާރީހުގައިވެސް ރައްޔިތުން އެދުނު ކަންތައްތައް އެންމެ ފުރިހަމައަށް ޑެލިވާރ ކޮށްދޭނެ ސަރުކާރުކަން މިދައުރު ނިމުމުގެ ކުރިން ފެނިގެންދާނެކަމަށް މަމްދޫހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު