ENGLISH

10 މޭ 2025

Advertisement

މި ދައުރުގައި އަދި ކުރިއަށް އޮތް ތަނުގައިވެސް ޑީއެންއާރްގެ ޑޭޓާ ނަހަމަ ގޮތުގައި ބޭނުންނުކުރެވޭނެ: އިހުސާން

23 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު، ދައުރުގެ ބާކީ އޮތް މުއްދަަތުގައި އަދި ކުރިއަށް އޮތް ތަަނުގައި އަންނަ ސަރުކާރުތަކަށްވެސް ޑީއެންއާރްގައި ހުންނަ އާއްމުންގެ މައުލޫމާތު ނަހަމަ ގޮތުގައި ސިޔާސީ ބޭނުމަށް ބޭނުންނުކުރެވޭނެކަމުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

އިހުސާނު މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްއަށް މެންބަރުން އިތުރުކުރުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ މައުލޫމާތު ބޭނުންކޮށްފައިވާކަަމަށް ތުހުމަތުކުރައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމު ކުރެއްވި ސުވާލަކަށް މަޖިލީހުގެ ތަަޅުމުގައި ޖަވާބުދެއްވަމުންނެވެ. 

ޑީއެންއާރްގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރިކަމަށް މީކާއީލު ކުރެއްވި ތުހުމަތަށް ރައްދުދެއްވައި އިހުސާން ވިދާޅުވީ ޑީއެންއާރްގައި ހުރި މައުލޫމާތުތައް ލީކުވެގެން އެ މައުލޫމާތު އެއްވެސް ސިޔާސީ ޕާޓީއަކުން މިދައުރުގައި ބޭނުންކުރި ވާހަކައަކީ ދައުލަތުގެ އެއްވެސް އިދާރާއަަކަަށް ސާބިތުވެފައި އޮތް ވާގިއާއެއް ނުވަތަ ހަގީގަތެއް ނޫން ކަމަށެވެ. 

ސަރުކާރާ ހަވާލުވުމަށްފަހު ބެއްލެވި ބެއްލެވުމުން 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަަރު މަތިން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ މައުލޫމާތުތައް ލީކުވެ، އެ މައުލޫމާތު ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ބޭނުންތަކަަށް ބޭނުންކުރަމުން އައިސްފައިވާކަން ހާމަވެފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވަމުން އިހުސާނުވަނީ މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާތަނަށް ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތަފުސީލުތައް ހާމަކުރައްވާފައެވެ. އަދި އެ ފިޔަވަޅުތަކާއެކު ޑީއެންއާރްގެ ޑޭޓާ ބޭސް ފޫގޮސްފައި ނޯންނާނެކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ. 

"ސިސްޓަމް ތެރޭގައި އޭގެ އެކްސެސް ލޮގުތަކާއި އެޑިޓާ ލޮގުތައް ހުރިކަން ކަށަވަރުކޮށްފައި އަޅުގަނޑުމެން ވާނެ. އަދި ޕެނެޓްރޭޝަން ޓެސްޓެއް ސިސްޓަމުގައި ހަދައި ސިސްޓަމް ޕެޗުކޮށްފައިވާނެ. އޭގެ އިތުރަށް ސިސްޓަމަށް ދެވިފައިވާ އޭޕީއޭތަކަށް ސިގްނެޗާ ލޮގިން ހަދައި މިހާރު އޭޕީއަކުން ލޮގްއިންވެއްޖެނަމަ އެއީ ކޮންދިމާލަކުން އައި ލޮގިންއެއްކަން އަޅުގަނޑުމެންނަށް އެނގޭނެ. ފިޒިކަލީ ޑޭޓާއަށް އެކްސެސްވާ ހުރިހާ މުވައްޒަަފުން އެކްސެސްވަނީ އެ މުވައްޒަފުންގެ ރަސްމީ މަސައްކަތަށް ބޭނުންވާ މިންވަރަަށްކަން ކަށަވަރުކޮށްފަައިވާނެ،" އިހުސާން ވިދާޅުވިއެވެ. 

"އަޅުގަނޑަށް ޔަގީންކަން ދޭން ކެރޭ ކަމަކީ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި ޑީއެންއާރްގެ ޑޭޓާބޭސް އެގޮތަށް ކޮމްޕްރޮމައިޒްވެފައި ނޯންނާނެކަން. އަދި މީގެ ފަހުން އެހެން ސަރުކާރެއް އަޔަަސް މިހާރު ހުރި ފިޔަވަޅުތަކާއެކު މިޑޭޓާ ކަށަވަރުކުރެވިގެންދާނެކަން،" 

އިހުސާން އިތުރަށް ވިދާޅުވެފައިވަނީ މިނިސްޓްރީގެ އެއްވެސް މުވައްޒަަފަކު ސައްހަ ނޫން ފޯމެއްގައި ސޮއިކުރިކަން ދައުލަތުގެ އިދާރާއަކުން އަންގައިފިނަމަ ވަކި މުވައްޒަފަކު އިސްތިސްނާކުރުމެއް ނެތި ކޮންމެ މުވައްޒަފަކާމެދު ފިޔަވަޅުއަޅުއްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ސައްހަ ނޫން ފޯމެއްގައި އެ މިނިސްޓްރީގެ މުވައްޒަފަކު ސޮއިކުރި  މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިނުވާކަމަށް އިހުސާން ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު