ENGLISH
10 މޭ 2025
ރައީސް ޔަޤީން ކަމާއެކު: ޒުވާނުންނަށް ބޯހިޔާވަހިކަން ލިބޭނެ
22 އޭޕްރީލު 2025
|
ސޯޝަލް މީޑިޔާގައި "ދެނޯ"ގެ ނަމުގައި ގެނެސްދޭ ޕޮޑްކާސްޓްގައި ރައީސް ވާހަކަ ދައްކަވަނީ
މިހާރު ހިންގަން ނިންމާފައިވާ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ޒުވާންނަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަ ކުރައްވައިގެން، މީސް މީޑިއާގައި މިއަދު އާންމުކުރެއްވި ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ޒުވާނުންނެކޭ އެއްގޮތައް ހުރިހާ އުމުރުފުރައެއްގެ މީހުނަށްވެސް އެންމެ ބޭނުންތެރި ކަންތައް ކަމަށެވެ. އެހެންވެ އެކަން ހައްލު ކުރައްވަން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރު މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ޒުވާނުންގެ އަޑު އައްސަވާ ކަމަށާއި އަބަދުވެެސް ޒުވާނުންގެ އަޑު އަހަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިއަށް އޮތްތާގައި ހައުސިން ޕްރޮޖެކްޓްތައް ފެށުނީމަ ޒުވާނުން ކުދިންނަށް، މެރީ ނުކޮށް ތިބޭ ކުދިންނަށްވެސް އަދި އަލަށް މެރީ ކުރާ ކުއްޖާއަކަށްވެސް ޚާއްސަ ވާނެ، ފުރުސަތުތަކެއް ދޭނެ. ބައެއް ކުދިން ކައިވެނި ނުކުރެވޭ ތަނެއް ނެތިގެންވެސް. އެހެންވީމަ އެކި ކެޓަގަރީސްތަކެއް އެބަ އަންނަޖެހޭ. އެހެންވީމަ އެ ވިސްނުމުގައި ކުރިއަށް އޮތްތަނުގައި ފުރުސަތުތަކެއް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ޒުވާނުންގެ އަޑު އަހާ ކަމަށާއި އަދި ކުރިއޮތް ތަނުގައިވެސް އެ ޒުވާނުންގެ އަޑު އަހަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިޔާގައި "ދެނޯ"ގެ ނަމުގައި ގެނެސްދޭ ޕޮޑްކާސްޓްގައި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޝޯގެ ހޮސްޓު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޒުވާނުން މުހިންމުވާ ކަމަށް ވިދާޅުވަނީ ބޭރުފުށުން ހަމަ އެކަނި ދައްކާލާ ވާހަކައެއް ގޮތައް ނޫން ކަމަށެވެ.
"ޒުވާނުން ކުދިންގެ އަޑު އަހަން ބޭނުން، އަޑު އަހަން. އަދި ވީވަރަކުން ގަވަރުމަންޓް ތެރެއިންވެސް އަދި ޕްރައިވެޓް ސެކްޓަރ ތެރެއިންވެސް ފަހިކޮށްދޭން އެބަ މަސައްކަތްތަކެއް ކޮށްދެން،" ރައީސް ވިދާޅުވި އެވެ.