ENGLISH

10 މޭ 2025

Advertisement

ރާއްޖެއަށް ތާރީޚީ ދުވަހެއް: ގޫގުލް ހޯމް ޕޭޖުގައި ރާއްޖޭގެ ރަށެއް

22 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ގޫގަލްގެ ހޯމް ޕޭޖުގައި އެރިޔަދޫގެ ފޮޓޯތަކެއް ހިމަނާފައި --

އެންމެ މަގުބޫލް ސާޗް ވެބްސައިޓް, ގޫގުލް ހޯމް ޕޭޖުގައި މިއަދު ރާއްޖޭގެ ރަށެއް ހިމަނައިފި އެވެ.

ގޫގުލް ހޯމް ޕޭޖުގައި ރާއްޖޭގެ ރަށެއް ހިމަނާފައި ވަނީ މިއަދު ފާހަގަ ކުރަމުންދާ "އާތް ދުވަހާ" ދުވަހާއި ގުޅުވަ އެވެ. ގޫގުލް ހޯމް ޕޭޖުގައި ހިމަނާފައި ވަނީ ށ. އެރިޔަދޫގެ ފޮޓޯތަކެކެވެ.

އެ ރަށުގެ ވަރަށް ހިތްގައިމު ހަ ފޮޓޯއެއް ވަނީ ހިމަނާފަ އެވެ.

އެ ރަށަކީ ގުދުރަތީ މުއްސަދިކަން ލިބިފައިވާ ރަށެކެވެ. ރަށް އުފެދިފައި ވަނީ ޑޯނަޓެއްގެ ބައްޓަމަށެވެ. 

ގޫގުލް ހޯމް ޕޭޖުގައި ރާއްޖޭގެ ރަށެއް ހިމެނުމަކީ ދިވެހި ފަތުރުވެރިކަމަށް ލިބޭ އިތުރު މަޝްހޫރު ކަމަކަށް ވާނެ އެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި އެ ރަށްތަކުގެ ޤުދުރަތީ މުއްސަދި ކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު އެތައް ލައްކަ ފަތުރުވެރީން ރާއްޖެ އަންނަ އެއް ސަބަބެވެ.

ގޫގުލް ހޯމް ޕޭޖުގައި ރާއްޖޭގެ ރަށެއް ހިމަނާފައި މިވަނީ ދިވެހި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ޚާއްސަ މަަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު