ENGLISH
09 މޭ 2025
ވިޒިޓް މޯލްޑިވްސްގެ "މޯލްޑިވިއަން އީވްނިން" އެއް ދުބާއީގައި ބާއްވަނީ
22 އޭޕްރީލު 2025
|
އެމްއެމްޕީއާރުސީން ބޭއްވި ވިޒިޓް މޯލްޑިވްސްގެ ހަރަކާތެއް: ދުބާއީގައި "މޯލްޑިވިއަން އީވްނިން" އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު-- ފޮޓޯ/އެމްއެމްޕީއާރުސީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންމެ ޚާއްސަކަމެއް ދީގެން މި އަހަރު ބައިވެރިވާ "އަރަބިއަން ޓްރެވަލް މާކެޓް" (އޭޓީއެމް) ގެ ހަވާސާގައި ވިޒިޓް މޯލްޑިވްސްގެ "މޯޑިވިއަން އީވްނިން" އެއް ބާއްވަން ނިންމައިފިއެވެ.
އެމްއެމްޕީއާރުސީން ބުނީ މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު ދުބާއީގެ ތިއޭޓާ އޮފް ޑިޖިޓަލް އާޓް (ޓޯޑާ) ގައި ބާއްވާ މި ހަރަކާތުގައި ރާއްޖެ އަކީ ހުރިހާ ކުލަތަކެއް ހިމެނޭ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދައްކުވައިދިނުމަށް ފަރުމާކޮށް ތިއެޓާ، މިއުޒިކް، ގެސްޓްރޮނޮމީ، ފެޝަން އަދި ސްޓޯރީޓެލިން ބޭނުންކޮށްގެން ފިލްމު ޓޫރިޒަމް އާއި ހެރިޓޭޖް ހުށަހެޅުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ވާހަކަތަކާއި މިއުޒިކާއި ރަހަތަކާއި ދިވެހި ރޫހު ހިމެނޭ މި ހަރަކާތް ދުބާއީއަށް ގެނެސްދޭނީ ބެލުންތެރިންނާ ވަރަށް ބޮޑަށް ގުޅިލާމެހިގެންދާނެ ގޮތަކަށް،" އެމްއެމްޕީއާރުސީގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީން ބުނީ ގޮތުގައި ރާއްޖޭގެ މަންލި- ސެންސަރީ ދަތުރެއްގެ ގޮތުގައި ބާއްވާ މި ހަރަކާތުގައި ފުރަތަމަ ދައްކާނީ "ދިވެހި ޑްރީމްސް" ގެ ނަމުގައި ކުރު ފިލްމެކެވެ. އެއަށްފަހު ދޮންހިޔަލަ އާއި އަލިފުޅު" ގެ ތިއޭޓްރިކަލް ޕާފޯމަންސެއް ދައްކާއިރު ދިވެހި ހާއްސަ ކެއުންތައް ލިބެނޭ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނީ މި ހަވީރު ފެށުމަށް ހަމަޖައްސާފައިވަނީ ވިޒިޓް މޯލްޑިވްސްގެ އޮފިޝަލުންނާއި ހޯސްޓުންނާއެކު ކޮންޓެންޓް ކެޕްޗާ އާއި ޕްރެސް އެންގޭޖްމަންޓަށް ގިނަ ވަގުތު ލިބޭގޮތަށް، ޓޯޑާގެ ފޯޔާގައި ދިވެހި ރެޑް ކާޕެޓް ރިސެޕްސަނަކުންނެވެ. މި ހަރަކާތައް މީޑިޔާ އާއި ވީއައިޕީންނަށް ދައުވަތުދޭން ނިންމާފައިވެއެވެ.